ކާރެއްގެތެރޭ މީހަކު ރަހީނުކޮށް ބިރުދެއްކި މީހާ ހައްޔަރުކޮށްފި

1 އަހަރު ކުރިން
|
0

ހުޅުމާލޭގައި ކާރެއްގެ ތެރޭ މީހަކަށް ބިރުދައްކައި، އަނިޔާކޮށް، ރަހީނުކުރި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންގޮސްފިއެވެ. 

ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގާފައި ވަނީ ނޮވެމްބަރު 11ވަނަ ދުވަހުގެ ރޭ ހުޅުމާލޭ އޯކިޑްމާ ހިނގުމުގައި ކަމަށާއި، މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ މާލެ ދަފްތަރު ނަންބަރު ރސ9022, ތޮލާލު މޫސާ (37އ) ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ ދިވެހި ފިރިހެނަކު ކާރެއްގެތެރޭ ހިފަހައްޓައި، އަނިޔާކޮށް ބިރުދައްކާ ރަހީނުކޮށްފައިވާ ކަމަށާއި އެ މީހާގެ އާއިލާގެ މީހުންނަށް ގުޅައި ފައިސާ ހޯދަން ވެސް މަސައްކަތްކޮށްފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. 

އެއްބަޔަކު އަނެއް ބަޔަކަށް އަނިޔާވެރި ވުމަކީ އިސްލާމްދީން ނަހީ ކުރާކަމެކެވެ. އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚާއެވެ. އޭނާ އޭނާގެ އަޚާއަށް އަނިޔާވެރިނުވާނެކަމަށް ރަސޫލާ صلىى الله عليه وسلم ވަނީ އިރުޝާދުދެއްވާފައެވެ.