ނިކަމެތިކަމުގެ ފިޔަ - ޚާއްޞަ ދަރުހެއް

4 މަސް ކުރިން
|
0

މި މަހުގެ 11ވަނަ ދުވަހު "ނިކަމެތިކަމުގެ ފިޔަ" އަޑުއެހުމަށް ހެޔޮބިންގާގެ ފަރާތުން ދިވެހި ހުރިހާ ރައްިތުންނަށް ދައުވަތުދެއެވެ. 

އަންނަ ހުކުރުދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ހޯލުގައި ބާއްވާ ވަރަށް ޚާއްޞަ ދަރުސެއް އޮންނާނެއެވެ. މި ދަރުސަކީ ހެޔޮ ބިންގާ އިން ރާވާ އިންތިޒާމުކޮށްގެން ބާއްވާ ދަރުސެކެވެ. ދަރުސް ދެއްވާނީ ދިވެހިރާއްޖޭގެ މަޝްހޫރު ޝައިޚް އަޙްމަދު ސަމީރެވެ. 

މި ދަރުސް އޮންނާނީ އިސްލާމީ މަރުކަޒުގެ ހޯލުގައި ކަމަށާއި، ދަރުސް ފެށޭނީ 11ވަނަ ދުވަހުގެ ރޭ 21:00ގައި ކަމަށް ހެޔޮ ބިންގާގެ ރަސްމީ ފޭސްބުކް ޕޭގުގައި އިޢުލާނުކޮށްފައި އެބަ އޮތެވެ. 

ދަރުސްއަށް ވަޑައިނުގަނެވޭ ހުރިހާ ބޭފުޅުންނަށް މި ދަރުސް ވަގުތުން ބެލޭނެ އިންތިޒާމު ދާރިސް ޓީވީގެ ފަރާތުން ހަމަޖައްސާފައިވާ ކަމަށް ވެސް އެ އިޢުލާނުގައި ވެއެވެ. 

ވީހާ ގިނަ ބޭފުޅުން މި ދަރުސަށް އައުމަކީ އަދި ދަރުސް އަޑުއެހުމަކީ ހެޔޮބިންގަލުގެ މަތީގައި އަޅުގަނޑުމެންގެ ހަޔާތް އާރާސްތުކުރުމަށް ކޮށޭ ރަނގަޅު މަގަކަށް ވާނެއެވެ.