މުސްލިމުން ޔަހޫދީންނާ ހަނގުރާމަކުރަންދެން ޤިޔާމަތް ނުވާނެއެވެ.

4 މަސް ކުރިން
|
0

إِنْ أَحْسَنتُمْ أَحْسَنتُمْ لِأَنفُسِكُمْ ۖ وَإِنْ أَسَأْتُمْ فَلَهَا ۚ فَإِذَا جَآءَ وَعْدُ ٱلْءَاخِرَةِ لِيَسُـۥٓـُٔوا۟ وُجُوهَكُمْ وَلِيَدْخُلُوا۟ ٱلْمَسْجِدَ كَمَا دَخَلُوهُ أَوَّلَ مَرَّةٍ وَلِيُتَبِّرُوا۟ مَا عَلَوْا۟ تَتْبِيرًا ﴿الإسراء: ٧﴾

މާނައީ: "ތިޔަބައިމީހުން ހެޔޮކޮށް ކަންތައް ކުޅަނަމަ، އެ ހެޔޮކަންތައް ކުޅައީ، ހަމަ ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށެވެ. އަދި ނުބައިކޮށް ކަންތައް ކުޅަނަމަވެސް، (އެ ނުބައިކަންތައް ކުޅައީ) ހަމަ އެ نفس ތަކަށެވެ. ފަހެ، ދެވަނަފަހަރަށް وعد ފުޅު އައިހިނދު (ތިޔަބައިމީހުންގެ عداوة ތެރިން ފޮނުއްވީމެވެ.) އެއުރެންގެ ސަބަބުން ތިޔަބައިމީހުންގެ މޫނުމަތިން ހިތާމައިގެ އަސަރުތައް ފާޅުވުމަށްޓަކައެވެ. އަދި ފުރަތަމަ ފަހަރު އެއުރެން އެތަނަށް ވަންފަދައިން، މިސްކިތަށް (އެބަހީ: المسجد الأقصى އަށް) ވަނުމަށްޓަކައެވެ. އަދި އެއުރެން ވެރިވެގަތް ތަންތަން ހަލާކުކޮށް، ސުންނާފަތި ކުރުމަށްޓަކައެވެ."

ތަފްސީރުގައި ވަނީ: ބަނީއިސްރާއީލެވެ! ތިޔަބައިމީހުން ހެޔޮކޮށް ކަންތައް ކުޅަނަމަ، އެހެޔޮކަންތައް އެ ކުޅައީ ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށެވެ. އެކަމުގެ ފައިދާ އޮތީ ތިޔަބައިމީހުންނަށެވެ. އަދި ތިޔަބައިމީހުން ނުބައިކޮށް ކަންތައް ކުޅަނަމަ، އެނުބައިކަންތަކުގެ ގެއްލުން ލިބޭނީވެސް ހަމަ ތިޔަބައިމީހުންނަށެވެ. އެއިން އެއްވެސް ކަމަކުން މާތް ﷲއަށް ވާނެ ގެއްލުމެއް ނެތެވެ. އެހެނީ، އެކަލާނގެއީ އަޅުތަކުން ފިޔަވައި ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އެބައިމީހުން ކިޔަމަންތެރިވުމުން އެކަލާނގެއަށް ކުރާނެ ފައިދާއެއް، އަދި އުރެދުމުން އެކަލާނގެއަށް ވާނެ ގެއްލުމެއް ނެތެވެ. ދެވަނަ ފަހަރަށް ފަސާދަކުރުމުގެ ވަގުތު އައިސް ޖެހުމުން، ތިޔަބައިމީހުންގެ ކިބައިން ބަދަލުހިފާނޭ ބަޔަކު ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ފާކުރެއްވީމެވެ. ތިމަންރަސްކަލާނގެ އެބައިމީހުން ފޮނުއްވީ، އެބައިމީހުން ތިޔަބައިމީހުން ނިކަމެތިކޮށް، ތިޔަބައިމީހުން ގަދަކަމުން ކިޔަމަންކޮށް، އެބައިމީހުން ތިޔަބައިމީހުންގެ މައްޗަށް ވެރިވެގަތުމުން، ނިކަމެތިކަމާއި، ހިތާމައިގެ އަސަރު ތިޔަބައިމީހުންގެ މޫނުމަތިން ފެނުމަށެވެ. އަދި އެބައިމީހުން ބައިތުލްމަޤްދިސަށް ވަދެ، ފުރަތަމަ ފަހަރު އެތަން ހަލާކުކުރި ގޮތަށް ދެވަނަ ފަހަރުވެސް ހަލާކުކުރުމަށެވެ. މާތް ﷲ ބަނީއިސްރާއީލުގެ މައްޗަށް ފާކުރެއްވީ ފާރިސްކަރައިގެ މަޖޫސީންނެވެ. އެބައިމީހުން ބަނީއިސްރާއީލު މީހުން ޤަތުލުކޮށް ރަށުން ބޭރުކޮށް ފައްސާލިއެވެ. އަދި އެބައިމީހުންގެ ވެރިކަން މުޅިން ސުންނާފަތިކޮށްލިއެވެ. އެބައިމީހުންގެ ފަރާތުން މި ދެ ފަސާދަކުރުން ފެނިގެން ދިއުމުން މާތް ﷲ އެބައިމީހުންގެ ކިބައިން ބަދަލު ހިއްޕެވިއެވެ. އަދިވެސް މާތް ﷲގެ ވަޢުދުފުޅު އޮތީ ކުރިއަށެވެ. ޔަހޫދީންނާއި މުސްލިމުންނާ ދެމެދު ހިނގާ ފައިސަލާކުރަނިވި ހަނގުރާމައަށްފަހު، އެބައިމީހުންގެ ނަޖިސްކަމުން މާތް ﷲ ބިން ޠާހިރުކުރައްވަންދެނެވެ. ތެދުބަސް ވިދާޅުވާ، އެކަލޭގެފާނުގެ ބަސް ޤަބޫލުކުރެވޭ ރަސޫލާ ﷺ ގެ ޙަދީޘުފުޅުގައި އައިސްފައިވާ ފަދައިންނެވެ. عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏لاَ تَقُومُ السَّاعَةُ حَتَّى يُقَاتِلَ الْمُسْلِمُونَ الْيَهُودَ فَيَقْتُلُهُمُ الْمُسْلِمُونَ حَتَّى يَخْتَبِئَ الْيَهُودِيُّ مِنْ وَرَاءِ الْحَجَرِ وَالشَّجَرِ فَيَقُولُ الْحَجَرُ أَوِ الشَّجَرُ يَا مُسْلِمُ يَا عَبْدَ اللَّهِ هَذَا يَهُودِيٌّ خَلْفِي فَتَعَالَ فَاقْتُلْهُ ‏.‏ إِلاَّ الْغَرْقَدَ فَإِنَّهُ مِنْ شَجَرِ الْيَهُودِ‏"‏ (صحيح مسلم، كتاب الفتن وأشراط الساعة، بَاب لَا تَقُومُ السَّاعَةُ حَتَّى يَمُرَّ الرَّجُلُ بِقَبْرِ الرَّجُلِ فَيَتَمَنَّى أَنْ يَكُونَ مَكَانَ الْمَيِّتِ مِنْ الْبَلَاءِ) (އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ ﷺ ޙަދީޘުކުރެއްވިއެވެ. މުސްލިމުން ޔަހޫދީންނާ ހަނގުރާމަކުރަންދެން ޤިޔާމަތް ނުވާނެއެވެ. ދެން މުސްލިމުން އެބައިމީހުން ޤަތުލުކުރާނެއެވެ. އެންމެ ފަހުން ޔަހޫދީއަކު ހިލައެއް ނުވަތަ ގަހެއްގެ ނިވަލުގައި ފިލައި އޮތަސް އެ ހިލަ ނުވަތަ ގަސް ބުނާނެއެވެ. އޭ މުސްލިމާއެވެ! އޭ މާތް ﷲގެ އަޅާއެވެ. އަހުރެންގެ ފަހަތުގައި މިއޮތީ ޔަހޫދީއެކެވެ. އައިސް އޭނާ ޤަތުލުކުރާށެވެ. އަލްޣަރްޤަދު ފިޔަވައެވެ. ފަހެ އެއީ ޔަހޫދީންގެ ގަހެކެވެ.) (ޞަޙީޙު މުސްލިމް، ޙަދީޘު: 2922) މިވާހަކައާއި ގުޅުވައިގެން ދެން މާތް ﷲ އަންގަވަނީ މިޢުޤޫބާތް އެއީ ތައުބާވެ މާތް ﷲގެ ޙަޟްރަތަށް ރުޖޫޢަވުމުގެ ސަބަބަކަށް ވެސް ވެދާނެ ކަމުގައެވެ. އެކަލާނގެ ވަޙީކުރައްވަނީފްޞީރުގައިވަނީ 

މި ކޮލަމުގައި މި ގެނެސްދެނީ، ބަޔާން ވެގެންވާ ފަސޭހަ ތަފްސީރުގެ ދިވެހި ތަރުޖަމާއިން ނަގައިފައިވާ ކުދިކުދި އެހެނަސް ފައިދާ ހުރި ވާހަކަތަކެވެ. މި ފިލާވަޅުތަކުގެ ޢިބުރަތް އަޅަމެންނަށް ފަހުމުކޮށްދެއްވާނދޭވެ! آمين.