ކަނޑު މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.3 ކިލޯގްރާމްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ފުލުހުން ވިދާޅުވީ، މި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ކަސްޓަމްސްއިން ދިން މައުލޫމާތަކާ ގުޅިގެން މާލެ ވިޔަފާރި ބަނދަރުގައި ހުރި ކޮންޓެއިނަރެއް ބަލައި ފާސްކޮށްގެން ކަމަށެވެ.
މި އޮޕަރޭޝަނުން ކަސްޓަމްސިން އަތުލައިގެން މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ، 2282 ގްރާމް ކެނެބިސް އާއި 1038 ގްރާމް ކެތިނޯންއެވެ.
މި ކަމާ ގުޅިގެން ފުލުހުން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި، މައްސަލަ ތަޙުޤީޤު ކުރަމުންދާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ކޮންމެ މަސްތުވާ ތަކެއްޗަކީ ރާ އެއް ކަމާއި، ކޮންމެ ރާއަކީ ޙަރާމް އެއްޗެއް ކަމަށް ނަބަވީ އިރުޝާދުގައި ވެއެވެ. މީވާ މަސްތުވުމާއި އޭގެ ވިޔަފާރި ކުރުމަކީ އެއް ގޮތަކަށް ވެސް މުސްލިމުން ކޮށްގެން ވާނެކަމެއް ނޫނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު