ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް ނާސަރީއެއް ތަރައްޤީކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި

5 ދުވަސް ކުރިން
|
0

ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާގެ 5 މިލިއަަން ގަސް އިންދުމުގެ މަޝްރޫޢަށް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ނާސަރީއެއް ތަރައްޤީކުރުމަށް އެޗްޑީސީ އާއެކު އެމްއޯއެއްގައި ސޮއިކޮށްފިއެވެ.

އެޗްޑީސީން ބުނި ގޮތުގައި މިއީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމަށް ބޭނުންވާ ގަސް ހެއްދުމަށް ގާއިމްކުރެވޭ ނާސަރީއެކެވެ.  މި ނާސަރީގެ އޮޕަރޭޝަންގެ ހުރިހާ މަސައްކަތެއް ކުރުމަށް ހަމަޖެހިފައި ވަނީ އެޗްޑީސީގެ ބެލުމުގެ ދަށުންނެވެ.

ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމަށް އެއްބާރުލުން ދިނުމަށް އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެޗްޑީސީން ވިދާޅުވި ގޮތުގައި މި ޕްރޮގްރާމާ އެކު ހުޅުމާލެ ހިމެނޭހެން އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުރި ރަށްތައް ފެހިކުރުމަށް އެ ކޯޕަރޭޝަނުން ހިފާފައިވާ އަމާޒަށް ވާސިލުމަށް ވެސް މަގުފަހިވާނެއެވެ.