މޫސުން ގޯސްވުމާ ގުޅިގެން ރާއްޖޭގެ ބޮޑުބަޔަކަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާރޗިސް (މެޓް)އިން ހުދު ސަމާލު ނެރެފިއެވެ.
މެޓުން މި ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ގދ އަތޮޅާ ދެމެދު ހިމެނޭ ސަރަހައްދުތަކަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
އަދި ހަމަ އެހެންމެ، ރާޅުގެ އުސްމިނުގައި 4 ފޫޓާއި 7 ފޫޓު ހުރުން އެކަށީގެންވާ ކަމަށް ވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
މި ސަމާލުގެ ނެރެފައިވަނީ މިއަދުފަރިހު 15:30 އިން ހެނދުނު 21:00 އާ ހަމަށެވެ.