ހއ އަތޮޅުން ފެށިގެން ޅ އަތޮޅަށް ހުދު ސަމާލު!

1 ހަފްތާ ކުރިން
|
0

މޫސުން ގޯސްވުމާ ގުޅިގެން ރާއްޖޭގެ ބޮޑުބަޔަކަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާރޗިސް (މެޓް)އިން ހުދު ސަމާލު ނެރެފިއެވެ.

މެޓުން މި ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ޅ އަތޮޅާ ދެމެދު ހިމެނޭ ސަރަހައްދުތަކަށެވެ.

މެޓުން ބުނީ މި ސަމާލުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.

މި ސަމާލުގެ ނެރެފައިވަނީ މިއަދުފަރިހު 4:00 އިން ހެނދުނު 10:00 އާ ހަމަށެވެ.