ޤަވާޢިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަންއިން ރޭ ”އެކްސް“ ގައި ކުރިޕޯސްޓެއްގައި ވިދާޅުވީ ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިއަ ރެއިޑު އޮޕަރޭޝަންގައި ހުޅުމާލޭގައި ސެލޫން ހިންގަމުންދާ 06 ތަނެއް ބަލައި ފާސްކޮށްފައި ވާކަމަށެވެ.
އަދި މީގެއިތުރުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ބިދޭސީން ގެންގޮސްފައިވަނީ ސައްހަ ވިސާއެއް ނެތި އުޅެމުންދާ މައްސަލައާ ގުޅިގެން ކަމަށެވެ ވަސް ވަނީބުނެފައެވެ. ނަމަވެސް އެ ބިދޭސީންގެ ވަނަވަރެއް ހާމަ ކޮށްފައެއްނު ވެއެވެ.
ބިދޭސީންގެ މައްސަލަ އިތުރުވުމާ ގުޅިގެން އެފަދަ މައްސަލަތައް ރިޕޯޓު ކުރުމަށް ހާއްސަކޮށް އިމިގްރޭޝަނުން، ”އިމިގްރޭޝަން ވޮޗް“ އިފުތިތާހުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހު އެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންތައް ފުޅާކޮށްފައިވާއިރު، މިދިޔަ މަހު ވަނީ މި އޮޕަރޭޝަން އަތޮޅު ތެރޭގައިވެސް ކުރިއަށްގެންދަން ފަށާފަ އެވެ.
ރާއްޖޭގައި ޤަވާޢީދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދައި، އެ މީހުންނާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 4،000އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓް ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު