ކައިވެނީގެ ހަފްލާއަކަށް ޑޯއިވާލާއިން ޑެހެރަދޫނަށް ދަތުރުކުރަމުން ދިޔަ މުސްލިމް އާއިލާއަކަށް ހިންދަުޓްވާ ބަޔަކު ވަރަށް އަނިޔާވެރި ގޮތަކަށް ހަމަލާދީފިއެވެ.
މި ހަމަލާދީފައި ވަނީ އިންޑިޔާގެ ބަންޖަވާރާލާގައެވެ.
މި ހަމަލާ ދިނުމުގެ ކުރިން ދަގަނޑު ހޮޅިއާއި ވަޅިހިފައިގެން މި ހަމަލާދިން މީހުން ވަނީ އެ މީހުންގެ ނަމާއި ދީނާ މެދު ސުވާލު އުފައްދައިފައެވެ.
މީސްމީޑިޔާގައި އާންމުކޮށްފައިވާ ވީޑިޔޯތަކުން ފެންނަގޮތުގައި މި ހަމަލާ އަމާޒުކޮށްފައިވާ މީހާގެ އަތަށާއި ބޮލަށް އެކި ވަރުގެ ޒަހަމްތައް ލިބިފައި ވެއެވެ.
ހިންދޫޓްވާއަކީ މިހާރު އިންޑިޔާގެ ވެރިކަންކުރާ މޯދީގެ ރައިޓްވިންގެވެ.