އިޒްރޭލު އަނދަނީ: ގައުމުތަކުގެ އެހީއަށް އެދިއްޖެ

2 ހަފްތާ ކުރިން
|
0

ހިފާފައިވާ ފަލަސްތީނުގެ ބިންތަކަށް ވެރިވެގެންތިބި ޒަޔަނިސްޓް ހަޔޫދީން ކޮންޓްރޯލް ކުރާ ބިންތައް ރޯވެ އަނދަން ފަށައިފިއެވެ.

ހިފާފައިވާ ޤުދުންގެ 30 ކިލޯ މީޓަރު ސަރަހައްދަކުން މީހުން މިހާރު ހުސްކޮށްފައިވާއިރު، އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ގައުމުތަކުގެ އެހީއަށް ނިރުބަވެރި އިޒްރޭލުން ގެންދަނީ އެދެމުންނެވެ.

އިޒްރޭލުގެ އެކި ހިސާބުތަކުގައި ރޯވަމުންދާ އަލިފާންގަނޑާއި ގުޅިގެން އެތަނުގެ މިނިވަންދުވަސް ފާހަގަ ކުރުމަށް މިއަދު ބާއްވަން ހަމަޖެއްސި ޖަލްސާތައްވެސް ވަނީ ކެންސަލް ކޮށްފައެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި ރަސްމީ ޖަލްސާ ބާއްވަން ހަމަޖެހިފައިވާ ސަރަހައްދާއި ވަރަށް ކައިިރިންވެސް ވަނީ ބޮޑެތި އަލިފާންގަނޑުތައް ރޯވެފައެވެ. އަލިފާންގަނޑުތައް ކޮންޓްރޯލް ކުރުމަށް ޒަޔަނިސްޓް އަސްކަރިއްޔާވެސް މިހާރު ވަނީ ނެރެފައެވެ.