ރާއްޖެ-މެލޭޝިޔާ ބިޒްނަސް ފޯރަމް މާލެޝިޔާގައި ބާއްވައިފި!

2 ހަފްތާ ކުރިން
|
0

ދިވެހިރާއްޖެ-މެލޭޝިޔާ ބިޒްނަސް ފޯރަމް އިއްޔެ މާލެޝިޔާގައި ބާއްވައިފިއެވެ.

އިއްޔެ މެލެޝިޔާގައި ބޭއްވި މި ފޯރަމްގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އަދި ދެ ޤައުމުގެ ސަރުކާރުގެ އިސް ވަޒީރުންނާއި، ވިޔަފާރިވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ދިވެހިރާއްޖޭގެ އިންވެސްޓްމެންޓް ފޯރަމެއް މެލޭޝިޔާގައި ބޭއްވިގެން ދިއުމަކީ ދެ ޤައުމުގެ ދެމެދު ވިޔަފާރީ ގުޅުންތައް ބަދަހިވަމުންދާކަމުގެ ހެއްކެއް ކަމަށެވެ. 

އެގޮތުން މި ފޯރަމްގައި ދެ ޤައުމުގެ ވިޔަފާރިވެރިން ބައްދަލުކޮށް، އެކި ދާއިރާތަކުން އިންވެސްޓްމަންޓް ފުރުޞަތުތައް ހޯދުމަށް ވަނީ މަޝްވަރާކޮށްފައެވެ.

އަދި މީގެ އިތުރުން މި ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ދައުވަތަކަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ސަރުކާރުގެ އިސްވެރިންނާއެކު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.