ޣައްޒާގެ ނޫސްވެރިންގެ ޓެންޓަކަށް ހަމަލާދީ ނޫސްވެރިއަކު ޝަހީދުކޮށްލައިފި

ހައްދުފަހަނަޅާފައިވާ އިސްރާއީލުގެ ނިރުބަވެރިން ޣައްޒާގެ ދެކުނުގެ ޚާން ޔޫނުސްގައި ހުންނަ ނަޞީރް ހޮސްޕިޓަލުގައި ދިރިއުޅެމުންދިޔަ ނޫސްވެރިންގެ ޓެންޓަކަށް އަމާޒުކޮށް ދިން ހަމަލާގައި 2 މީހަކު ޝަހީދުވެެއްޖެއެވެ.

މިހަމަލާގައި ޝަހީދުވެފައިވަނީ ނޫސްވެރިއަކާއި އާންމު ރައްޔިތެކެވެ. އަދި  އިތުރު 9 ނޫސްވެރިންނަށް ވެސް މި ހަމަލާގައި އެކި ވަރުގެ ޒަޚަމްތައް ލިބިފައި ވެއެވެ.

 ނޫސްވެރިޔާ ޓެންޓުތެރޭގައި ހުއްޓައި އޭނާގެ ގައިގައި އަލިފާންހިފައި އަންދާގެންދާ މަންޒަރު މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެނެއެވެ.