ޔަމަނުގެ ޙޫޘީން، ރަތް ކަނޑުގައި އެމެރިކާގެ މަތިންދާބޯޓަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން 2 ހަމަލާދީފިއެވެ.
ޙޫޘީ ސިފައިންގެ މިލިޓަރީ ސްޕޯކްސްމަން ޔަހްޔާ ސަރީ ވިދާޅުވީ މި ހަމަލާ އަމާޒުކޮށްފައި ވަނީ އެމެރިކާގެ ހެރީ އެސް. ޓްރޫމަން މަތިންދާބޯޓާ ގުޅިފައިވާ ސަޕްލައި އުޅަނދަކަށް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ހަމަލާތައް އެތައް ގަޑިއިރެއް ވަންދެން ދެމިގެން ގޮސްފައި ވާ ކަމަށެވެ. އަދި މި ހަމަލާތަކުގެ ސަބަބުން އެމެރިކާއިން ޔަމަނަށް ދޭން ރާވައިފައިވާ ހަމަލާތައް ހުއްޓުވުމަށް މަގުފަހިވެފައިވާ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.
ފާއިތުވި މަސްތަކުގެ ތެރޭގައި ޙޫޘީ ސިފައިން ވަނީ ރަތް ކަނޑުގައި ދުއްވާ އިސްރާއީލާއި އެމެރިކާއަށް ނިސްބަތްވާ ވިޔަފާރި އުޅަނދުފަހަރަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ކަނޑުގެ ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައި ވެއެވެ.
މިހަމަލާތަށް ޙޫޘީން ހުއްޓާލައިފައި އޮތުމަށްފަހު އަލުން ހަމަލާ ދޭންފެށީ ޣައްޒާގައި ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމާ ޚިލާފުވެ އިސްރާއީލުގެ ނިރުބަވެރި ހަނގުރާމަވެރިން ޣައްޒާއަށް ކާނާއާއި އެހެނިހެން އެހީ ވެއްދުން ހުއްޓާލުމުންނެވެ.
އެމެރިކާއިން މިހާތަނަށް މި ހަމަލާއާ ގުޅޭ ގޮތުން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް، މީގެ ކުރިން ޙޫޘީން ދީފައިވާ މިފަދަ ހަމަލާތަކާ ގުޅިގެން އެމެރިކާއިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށް އިންޒާރުދީފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ