ޣައްޒާ ސިޓީގެ އިރުމަތީގައި އޮންނަ އަލް-ތުއްފާޙް އަވަށުގައި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ދާރުލް އަރްޤަމް ސްކޫލަށް އިސްރާއީލުން ބޮން އަޅައި ގިނަބަޔަކު ޝަހީދުކޮށްލައިފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ހަމަލާގައި މިހާތަނަށް 31 މީހުން ޝަހީދުވެ އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ.
ޣައްޒާގެ މީޑިއާ އޮފިހުން ބުނެފައިވާ ގޮތުގައި މި ހަމަލާގައި 100އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
މި ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
ސިވިލް ޑިފެންސްގެ ތަރުޖަމާނު ވިދާޅުވީ އެ ސްކޫލަށް ހަތަރު މިސައިލުން ހަމަލާދީފައިވާ ކަމަށާއި 6 މީހުން ގެއްލިފައިވާ ކަމަށެވެ. އަދި މި ތަނުން ގެެއްލިފައިވާ މީހުންގެ ތެރޭގައި އެއްމާބަނޑު 2 ކުދިންނައިގެން ބަލިވެ އިން މީހަކު ވެސް ހިމެނެއެވެ.
އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދޭ ހަމަލާތަށް ދަނީ އިތުރުކުރަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ