އެމެރިކާގެ ރިޔާސީ އިންތިހާބު، އެ ޤައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކޮށްފިއެވެ.
މި އިންތިހާބު ޓްރަމްޕް ކާމިޔާބުކުރީ އެމެރިކާގެ މިހާރުގެ ނާއިބު ރައީސާ ކަމަލާ ހެރިސްއާ ވާދަކޮށްގެނެވެ.
މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ޓްރަމްޕަށް 69.8 މިލިއަން މީހުންގެ ވޯޓު ލިބިފައިވާއިރު، ހެރިސްއަށް ލިބިފައިވަނީ 64.7 މިލިއަން މީހުންގެ ވޯޓެވެ. އެމެރިކާގެ ރައީސްކަން ލިބޭނީ 270 އިލެކްޓޯރަލް ވޯޓު ލިބިގެންނެވެ. ނަތީޖާތައް ދައްކާ ގޮތުގައި ޓްރަމްޕަށް މިހާރު 267 އިލެކްޓޯރަލް ވޯޓު ވަނީ ލިބިފައެވެ. ކަމަލާއަށް ލިބިފައި ވަނީ 224 އިލެކްޓޯރަލް ވޯޓެވެ.
ބޭރުގެ މީޑިއާތަކުން މައުލޫމާތު ދޭގޮތުގައި 2020ވަނަ އަހަރުގެ އިންތިޚާބާ އަޅާބަލާއިރު، ގިނަ ސްޓޭޓްތަކަކުން ބޮޑު ކުރިއެރުމެއް ޓްރަމްޕް ވަނީ ހޯއްދާފައެވެ.
އިންތިޚާބަށްފަހު ނެގި ޚިޔާލު ހޯދުމުގެ ސަރވޭތަކުން ދައްކާގޮތުގައި، ހިސްޕޭނިކް ނުވަތަ ސްޕެއިން ދަރިކޮޅުގެ އެމެރިކާ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ޓްރަމްޕަށް ތާއީދުކޮށްފައި ވެއެވެ. މީގެ މައިގަނޑު ސަބަބަކީ ރައީސް ބައިޑަންގެ ވެރިކަމުގައި ތަކެތީގެ އަގު އުފުލި، ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެފައި ވުން ކަމަށް އެ ސާވޭތަކުން ކިޔައިދެއެވެ. ޓްރަމްޕާއި އޭނާއަށް ތާޢީދުކުރާ ފަރާތްތަކުން ކާމިޔާބީ އިއުލާންކޮށް އުފާކުރާއިރު ޤައުމުގެ އިސްވެރިން ވެސް އަންނަނީ ޓްރަމްޕަށް މަރުޙަބާ ކިޔަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު