މާލޭ ސަރަހައްދުގައި ޤަވާޢިދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަނުގެ ދަށުން އިތުރު ފަސް ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، ރޭ މާލޭގައި ހިންގި ރެއިޑް އޮޕަރޭޝަނުގައި ވަނީ ރެސްޓޯރަންޓެއް ބަލައި ފާސްކޮށްފައެވެ. ޞައްޙަ ވިސާއެއް ނެތި ޤަވާޢިދާ ޚިލާފަށް މަސައްކަތްކުރަން އުޅުނު ފަސް ބިދޭސީއެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެންފައިވެއެވެ.
ރާއްޖޭގައި ޤަވާޢީދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދައި، އެ މީހުންނާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 4،000އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓް ކޮށްފައެވެ.
މީގެ ތެރޭގައި ޤަވާޢިދާ ޚިލާފުވުމުގެ ސަބަބުން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވުނު ފަރާތްތަކާއި، އަމިއްލައަށް އެދިގެން ފުރައިގެން ދިޔަ ފަރާތްތަކުގެ އިތުރަށް، އިމިގްރޭޝަނުން ނޯޓިސް ދިނުމަށްފަހު ފުރުވައިލި ފަރާތްތައް ވެސް ހިމެނެއެވެ.
ޤަވާޢީދާ ޚިލާފަށް އުޅުމަކީ އިޖްތިމާޢީ މަސްލަޙަތު ގެއްލޭ ކަމެކެވެ. ހަމަ އެހެންމެ ބިދޭސީން ގެންނަ ފަރާތްތަކުން އެ މީހުންގެ ބެލުމުގެ ދަށަށް ގެންނަ މުވައްޒަފުންނާ މެދު އިހުމާލު ވުމަކީ ވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ. މިއިން އެއްވެސް ކަމަކަށް އިސްލާމްދީން ބާރެއް ނާޅައެވެ. އެ ދީން ކިޔައިދެނީ އިޙުސާންތެރިވުމަށެވެ. މީހަކު ލައްވާ މަސައްކަތެއް ކުރުވައިފިނަމަ އެ މީހެއްގެ ހަށިގަނޑުން ދާ ނުހިކެނީސް އެމީހެއްގެ އުޖޫރަ ދިނުމަށް އިސްލާމްދީން ބާރުއަޅައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު