الحَمْدُ لِلّٰهِ وَالصَّلَاةُ وَالسَّلَامُ عَلَىٰ رَسُولِ اللهِ وَعَلَىٰ آلِهِ وَصَحْبِهِ وَسَلَّمَ
މީސްތަކުންނަށް ތިން ބާވަތެއްގެ ހުވަފެނެއް ފެނިދާނެ ކަމަށް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ވަނީ ބަޔާންކުރައްވައިފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން ހުވަފެން ވަނީ ތިން ބާވަތަކަށެވެ. އޭގެ ތެރޭގައި އާދަމުގެ ދަރީންނަށް ހިތާމައެއް ކުރިމަތި ކުރުވުމަށް ޓަކައި ޝައިޠާނާގެ ކިބައިން އަންނަ ބިރުވެރި ހުވަފެން ވެއެވެ. އަދި އޭގެތެރޭގައި މީހުންގެ އާންމު ދިރިއުޅުމުގައި ކަންބޮޑުވާ ކަންކަން ހުވަފެނުގައި ފެނެއެވެ. އަދި ހުވަފެނުގެ ތެރެއިން ތިންވަނަ ވައްތަރުގެ ހުވަފެނަކީ ނަބީކަމުގެ ސާޅީސް ހަބައި ކުޅަ އެއްބައެވެ." [رواه ابن ماجة (3907) وصححه الألباني في صحيح الجامع (3534)] މި ޙަދީޘުގައިވާ ތިންވަނަ ބާވަތުގެ ހުވަފެނަކީ ތެދު ހުވަފެނެވެ. ނަބީކަމުގެ ޚަބަރު ތެދުވާ ފަދައިން، މުއުމިނުންނަށް ފެންނަ ބައެއް ހުވަފެން ވެސް ތެދު ހުވަފެނަށް ވެއެވެ. ނަމަވެސް އެ ދެ ކަމުގައި (އެބަހީ: ނަބީކަމުގެ ޚަބަރާއި މީސްތަކުންނަށް ފެންނަ ތެދު ހުވަފެނުގައި) ބޮޑުވެގެންވާ ތަފާތުތަކެއް ވެއެވެ. [ބައްލަވާ: مجموع فتاوى ورسائل العثيمين (1 / 327 - 328) ]
ބިރުވެރި ހުވަފެނެއް ފެނުމުން އެ ހުވަފެނުގެ މާނަ ނުވަތަ ތަޢުބީރު ހޯދަން ނޫޅޭށެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތިޔަބައިމީހުންކުރެ މީހަކަށް ހިތްގައިމު ރަނގަޅު ހުވަފެނެއް ފެނިއްޖެއްޔާ އެ ހުވަފެން ކިޔައިދޭށެވެ. އަދި އެ ހުވަފެން ތަފްސީރު (އެބަހީ: ތަޢުބީރު) ކުރާށެވެ. އަދި ތިޔަބައިމީހުންކުރެ މީހެއްގެ ހިތަށް ނުތަނަވަސްކަން ގެނުވާ ހުވަފެނެއް ފެނިއްޖެއްޔާ އެ ހުވަފެން ކިޔައި ނުދޭށެވެ. އަދި އެ ހުވަފެން ތަފްސީރު (އެބަހީ: ތަޢުބީރު) ނުކުރާށެވެ." [التمهيد لابن عبدالبر (1 / 288) وصححه الألباني في السلسلة الصحيحة (1340)].
ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަރިހަށް ރަށްފުށު ހިސާބުގައި އުޅޭ މީހަކު އައިސް އޭނާއަށް ފެނުނު ބިރުވެރި ހުވަފެނެއް ކިޔައިދިނުމުން، އެކަމާ ހިތްޕުޅާނުވެ ހުންނަވައި އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ. "ތިބާއާ ޝައިޠާނާ ކުޅޭ ކުޅިވަރުތަކުގެ ވާހަކަ ނުދައްކާށެވެ." [رواه مسلم 14 - (2268)]
އަބޫސަލަމާވިދާޅުވިއެވެ."ތިމަންނާއަށް (ބިރުވެރި) ހުވަފެނެއް ފެނި، އޭގެ ސަބަބުން ބަލިވިއެވެ. އެހެން އުޅެނިކޮށް އަބޫ ޤަތާދާ ވިދާޅުވާތީ ތިމަންނާ އަޑުއެހީމެވެ. ހަމަކަށަވަރުން ތިމަންނާ ވެސްއެފަދަހުވަފެނެއްފެނިބަލިވިއެވެ. އެ ބަލީގައި އުޅެނިކޮށް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَޙަދީޘްކުރެއްވި އަޑު އެހީމެވެ. 'ރަނގަޅު ހުވަފެންވަނީ ﷲގެ ޙަޟްރަތުންނެވެ. ފަހެ ތިޔަބައިމީހުންކުރެ މީހަކު ލޯބިކުރާ ކަމެއް ހުވަފެނުގައި ފެނިއްޖެއްޔާއެ މީހަކު ލޯބިވާ މީހެއްގެ ގާތުގައި މެނުވީ އެ ހުވަފެން ކިޔައި ނުދޭށެވެ. އަދި އޭނާ ނުރުހޭ ހުވަފެނެއް ފެނިއްޖެއްޔާ އޭގެ ނުބައިކަމުންނާއި ޝައިޠާނާގެ ނުބައިކަމުން، الله تعالىގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދޭށެވެ. އަދި ކުޑަކޮށް ތެތްކަމެއް އަންނާނޭހެން، ތިން ފަހަރު ވައަތް ފަރާތަށް ފުމެލާށެވެ. އަދި އެއްވެސް މީހަކަށް އެ ހުވަފެން ކިޔައި ނުދޭށެވެ. ފަހެ ހަމަކަށަވަރުން އެ ހުވަފެނުގެ ސަބަބުން އޭނާއަކަށް ގެއްލުމެއް ނުވާނެއެވެ.' " [رواه البخاري (7044)]
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު