"ވެލާމަސްކޮޅެއް ނެތްތަ؟" "ވެލާމަހޭ! އެ ކާކަށް ނުވާނެއެއްނު!"
މަތީގައި އެ ވަނީ ބަޔަކު ދައްކަމުން ދިޔަ ވާހަކައެއްގެ ތަންކޮޅެކެވެ. އެ މީހުން ދައްކަމުން ދިޔައީ ވެލާ ހިފުމާއި ވެލާގެ މަސް ކެއުމާ ގުޅޭ ވާހަކަތަކެކެވެ. މިއީ މިއަދު ރާއްޖޭގައި އެންމެން ވެސް ދައްކާ ވާހަކައެކެވެ. މި ވާހަކަ ދައްކަނީ ސިއްރުންނެވެ. ފާޅުކޮށް އާންމުކޮށެއް ނޫނެވެ. އެހެނަސް ވާހަކަ މިހެން ދެކެވެންޏާ އޭގެ މާނައަކީ މި ކަމަކީ އިޖްތިމާއީ ކަންބޮޑުވުން އޮތްކަމެއް ކަން ޔަޤީނެވެ.
އާދެ! ވެލަޔަށް ގޯނާކުރުމާއި އެ ތަކެއްޗަށް ގެއްލުންވާނެ އެއްވެސް ކަމެއް ކުރުމަކީ ޤާނޫނީ ގޮތުން މަނާވެފައި ވެސް އޮތް ކަމެކެވެ. އަދި ކިޔެއް ޤާނޫނީ ގޮތުން މިކަން މަނާވުމުގެ ކުރިޔަށް ދީނީގޮތުން ވެސް މިއީ މަނާތަކެއް ހުރި ކަމެކެވެ. ދިރޭތަކެއްޗަށް އަނިޔާވެރިވުމަކީ އިސްލާމްދީން ނަހީކުރައްވައިފައިވާ ކަމެކެވެ. އެފަދަ މީހާއީ އަނިޔާވެރިޔަކު ކަމުގައި ވެދާހުއްޓެވެ. އެހެންކަމުން އެއްވެސް މުސްލިމަކު ހާޖަތެއް ނެތި ދިރުންހުރި އެއްވެސް މަޚުލޫޤަކަށް ގަސްތުގައި ގޯނާއެއްކޮށްގެން ނުވާނެއެވެ. އެކަން ހިމެނެނީ އިސްލާމީ ރިވެތި އަޚުލާޤުގެ ތެރެއިންނެވެ. އަދި ހަމައެހެންމެ ދިރޭ ތަކެއްޗަށް އޯގާތެރިވުމާއި އެފަދަ އެއްޗަކަށް ނުރައްކަލެއް ކުރިމަތިވެފައި ވާތީ ފެނިއްޖެއްޔާ އެ ކަމަކުން ސަލާމަތްކޮށްދިނުން ވެސް ހިމެނޭނީ މި ދެންނެވި އަޚުލާޤުގެ ތެރެއިންނެވެ.
ދެން އޮތީ ކުރީގައި މި ދެކެވުނު ވާހަކަ ކޮޅާ މެދު އެއްޗެއް ބުނުމެވެ. ވެލާމަސް ކާން ނުވާނެ ކަމަށް ބުނެވޭބުނުމަކީ ކިހިނެތް، ކޮން މުރާދެއްގައި ބުނާބުނުމެއްތޯ ބަލައިލުން މުހިންމެވެ! ވެލާ މަދުވެ ތިމާވެއްޓަށް ގެއްލުން ވެދާނެ ކަމަށް ބަލައި އެ ތަކެތި އާލާކުރުމަށް ވެލާ ހިމާޔަތް ކުރުމަކީ ބައެއް ހާލަތުގައި ނުކޮށް ނުވާނޭ ކަމެކެވެ. ތިމާވެށި ސާފުކުރުމާއި އިންސާނުން އާންމުކޮށް ނޫޅޭ ސަރަހައްދުތަކުގައި އުފެދޭ ކުނިބުނި ނައްތައިލުމުގައި ވެލަޔަކީ ވަރަށް ބޮޑު ދައުރެއް އަދާ ކުރާ މަޚުލޫޤެއް ކަމުގެ ވާހަކަ ހުސްވި މަހުގެ "ދަރުމަ" މަޖައްލާއިން ކިޔުނެވެ. އެހެންކަމުން ވެލާ-މަސް ކެއުމަށް ޓަކައި އެ ތަކެތި ހިފުން ހުއްޓައިލައި ވެލާ އާލާ ކުރުމަށް މުހުލަތެއް ދިނުމަށް ވެލާމަސް ކެއުން މަނާކުރުން ގޯސް ކަމަކަށް ނުވެދާނެއެވެ.
އަޅުގަނޑަށްއިވުނުބަހުސުގައިއެއްފަރާތުން ބުނަމުން ދިޔައީ ވެލާމަސްކެއުން ޙަރާމްކަމަށެވެ. އަދި އެކަން ދިވެހިރާއްޖޭގައި މަނާވެފައި އޮންނަނީ ވެސް ވެލާމަސް ޙަރާމްވީމާކަމަށް އޭނާ ބުންޏެވެ.ދަންނަވަންތޯއެވެ! އޭގެ ޒާތުގައި ވެލާމަސް ޙަރާމެކޭ ނުބުނެވޭނެއެވެ. ޙަރާމްޙަލާލް ކަނޑައެޅުއްވުމަކީ ޝާރިޢަށް (ﷲއަށް) ޚާއްޞަ ކަމެކެވެ. އެ ކަމުގައި މަޚުލޫޤުންނަށް ބައިވެރި ނުވެވޭނެއެވެ. ޖުމްހޫރު ޢިލްމުވެރިންގެ ރައުޔަކީ ވެލާމަސް ޙަލާލު ކަމުގައި ދެކެލެއްވުމެވެ. އަދި ރައްކާތެރި ގޮތަކީ ވެލާ ކަތިލައިގެން ކެއުން ކަމުގައި ވެސް ޢިލްމުވެރިން ވިދާޅުވެލައްވައެވެ.
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު