އިސްލާމީ ތާރީޚުގައި އުފެދުނު އެންމެ ނުބައި ބިދުޢަވެރިއެއްފިރުޤާއަކީޝީޢީންނެވެ.ޢުޘްމާނުގެފާނު ޝަހީދުކޮށްލެވުމަށްފަހު ފާޅުވި މި ފިރުޤާއަކީ، އިސްލާމްދީނުގެއަސްލުތަކާ ޚިލާފު، ގިނަ ޢަޤީދާތަކެއް ގެންގުޅުނުބަޔެކެވެ.ޝީޢީންގެމައިގަނޑުސިފަތަކުގެ ތެރޭގައި، ނަބީ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަޞްޙާބުންނަށް ފުރައްސާރަކޮށް، އެ ބޭކަލުންނާމެދު ހަޑިހުތުރު ބަސް ބުނުމާއި، އަބޫބަކުރުގެފާނާއި ޢުމަރުގެފާނު ފަދަ މަތިވެރި ޚުލަފާއުއް ރާޝިދުންގެ ޚިލާފަތު ޤަބޫލުނުކުރުންހިމެނެއެވެ.އަދިސަލަފުއްޞާލިޙުންގެ ޒަމާނުންފެށިގެންމިއަދާހަމައަށްޢިލްމުވެރިން ވަނީ، ޝީޢީންގެފިކުރުގެނުރައްކާތެރިކަންބަޔާންކުރައްވައި، އެ ފިރުޤާއާމެދު އިންޒާރުދެއްވައިފައެވެ.
މިސްޢަރު ބިން ކިދާމު (153ހ.)ގެ އަރިހުން ރިވާވެގެންވެއެވެ. ރާފިޟީންގެ މީހަކާ އޭނާއާ ދިމާވިއެވެ. އެ މީހާ ވާހަކަ ދައްކަން އުޅުމުން، މިސްޢަރު އޭނާއަށް ވިދާޅުވިއެވެ. "އަހަރެންނާ ދުރަށް ޖެހޭށެވެ. ފަހެ ކަލޭ ތީ ޝައިތާނެއްކަން ކަށަވަރެވެ." [ޝަރްޙުއް ސުންނާ ލިއްލާލަކާއީ: 1457/8] މި ބަސްފުޅުން އެނގިގެންދަނީ، އިލްމުވެރިން ރާފިޟީންނާ އެކުގައި އިޖްތިމާޢީ ގުޅުން ބޭއްވުމަށް ވެސް ރުހިވަޑައިނުގަންނަވާ ކަމެވެ.
އަދި ޢަބްދު ﷲ ބުނު އަލްމުބާރަކު (181ހ.) ވިދާޅުވިއެވެ. "ދީން ވަނީ ޙަދީޘްގެ އަހުލުވެރިންނަށެވެ. އަދި ޢިލްމުލް ކަލާމާއި ހީލަތް ހެދުން ވަނީ ރައުޔުގެ އަހްލުވެރިންނަށެވެ. އަދި ދޮގުހެދުން ވަނީ ރާފިޟީން-ނަށެވެ." [އަލްމުންތަޤާ މިން މިންހާޖިލް އިޢްތިދާލް: 480/1] މި ބަސްފުޅުން ހާމަވަނީ، ރާފިޟީންނަކީ ދޮގާއި ބުހުތާނުގެ އަހުލުވެރިން ކަމެވެ.
އަދި ޔޫސުފް ބުނު އަސްބާޠު (195ހ.) ވިދާޅުވިއެވެ. "ބިދުޢަވެރީންގެ އަސްލުތަކަކީ ހަތަރެކެވެ. އެއީ ރާފިޟީންނާއި، ޚަވާރިޖުންނާއި، ޤަދަރީންނާއި، މުރްޖިޢާއިންނެވެ. ދެން ކޮންމެ ފިރުޤާއަކުން އިތުރު އަށާރަ ފިރުޤާ ނުކުތެވެ. ފަހެ މަގުފުރެދިފައިވާ (ޖުމްލަ) ހަތްދިހަ ދެ ފިރުޤާއަކީ އެއީއެވެ. ދެން ހަތްދިހަ ތިންވަނަ ބަޔަކީ، އެބައިމީހުން ނަޖާވާނެ ކަމަށް ނަބީ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވި ޖަމާޢަތެވެ." (އެބަހީ: އަހްލުއްސުންނަތި ވަލްޖަމާޢަތެވެ.) [އައްޝަރީޢާ ލިލްއާޖުއްރީ: 303/1] މި ބަސްފުޅުން އެނގިގެންދަނީ، އިސްލާމްދީނުގައި އެންމެ ފުރަތަމަ އުފެދުނު ބިދުޢަވެރި ފިރުޤާތަކުގެ ތެރެއިން އެއް ފިރުޤާއަކީ ޝީޢީން ކަމެވެ.
އަދި ސުފްޔާނު ބުނު ޢުޔައިނާ (198ހ.)، މީހަކާ ދިމާވުމުން ވިދާޅުވިއެވެ. "ތިޔަ އައީ ކޮންތާކުންހެއްޔެވެ؟ އެ މީހާ ދެންނެވިއެވެ. މިވެނި މީހެއްގެ ޖަނާޒާއިންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ސުންނަތާ ބެހޭ ގޮތުން ދެން ކަލެއަކާ ވާހަކައެއް ނުދައްކާނަމެވެ. ކަލޭ ފާފަ ފުއްސެވުމަށް އެދި ﷲއަށް ދަންނަވާށެވެ. އަނބުރާ އެ ކަމަށް ދެން އިޢާދަނުވާށެވެ. މުޙައްމަދުގެފާނުގެ އަޞްޙާބުންނަށް އެއްޗެހި ކިޔާ މީހަކަށް ބަލާފައި، ދެން އޭނާގެ ޖަނާޒާގައި ކަލޭ ބައިވެރިވީހެއްޔެވެ؟" [އުޞޫލު އިޢްތިގާދި އަހްލުއްސުންނަތި ވަލްޖަމާޢަތި ލިއްލާލަކާއީ: 1458/7]
ޝީޢީންނާ މެދު އިންޒާރުކުރައްވަމުން އިމާމް އައްޝާފިޢީ (204ހ.) ވިދާޅުވިއެވެ. "ރާފިޟީންނަކީ އެންމެ ނުބައި ފިރުޤާއެވެ." އަދިވެސް ވިދާޅުވިއެވެ. "ރާފިޟީންނަށް ވުރެ ބޮޑަށް ދޮގާއި ބުހުތާނަށް ހެކިވާ އެއްވެސް ބަޔަކު އަހަރެން ނުދެކެމެވެ. [މަނާޤިބުއް ޝާފިޢީ ލިލްބައިހަޤީ: 1/468]
މިބަސްފުޅުތަކުންއެނގެނީ،ޝީޢީންނަކީ އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ގިނަ ބިދުޢަތަކެއް ގެންގުޅުނު، ދޮގުވެރި ޢަދާވާތްތެރި ބައެއް ކަމެވެ. އިސްލާމީ ތާރީޚުގެ އެންމެ އިސް ޢިލްމުވެރިން ވަނީ މިފިރުޤާގެ ނުބައިކަމާއި ނުރައްކާތެރިކަން އުންމަތަށް ބަޔާންކުރައްވައިފައެވެ. އެހެންކަމުން، މުސްލިމުންގެ މައްޗަށް ވާޖިބުވެގެން ވަނީ، ޝީޢީންގެ ފިކުރުތަކާއި ޝުބުހަތަކުން ރައްކާތެރިވެ، ސުންނަތާއި ސަލަފުންގެ މަންހަޖުގެ މަތީ ސާބިތުވެތިބުމެވެ.
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު