އަލް-ޙުޖުރާތު ސޫރަތުގެ 11ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށި-ކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެއެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއް-ބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަ-ކުރެވުނު މީހުން މާ ހެޔޮކަން ބޮޑު ކަމުގައި ވެދާނެއެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފުސު-ތަކަށް ޢައިބު ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް ޢައިބު ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ ލަޤަބުތަކުން ނުގޮވާށެވެ! އީމާންވުމަށް-ފަހު ފާސިޤުކަމުގެ ނަން ލިބުމަކީ، ހާދަހާ ނުބައި-ވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) ތައުބާނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ."
ފަހެ ދަންނައެވެ! ވެރިޔަކަސް ރައްޔިތަކަސް، ރައީސަކަސް ރަސްކަލަކަސް، އެއީ ހަމަ އާދަމުގެ ދަރިންނެވެ. އެ އެންމެންގެ އަބުރަކީ ވެސް ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. މާތް ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުގެ ޙައްޖުގައި، ޢީދު ދުވަހުގައި، ޙުރުމަތްތެރި ޙައްޖުމަހުގައި، މާތްވެގެންވާ ޢަރާފާތްބިމުގައި ޚުޠުބާ ދެއްވަމުން ހަދީޘްކުރެއްވިއެވެ. «فَإِنَّ دِمَاءَكُمْ، وَأَمْوَالَكُمْ، وَأَعْرَاضَكُمْ، وَأَبْشَارَكُمْ عَلَيْكُمْ حَرَامٌ، كَحُرْمَةِ يَوْمِكُمْ هَذَا، فِي شَهْرِكُمْ هَذَا، فِي بَلَدِكُمْ هَذَا، أَلاَ هَلْ بَلَّغْتُ". قُلْنَا نَعَمْ.» (صحيح البخاري 7078) މާނައީ: "ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންގެ ލެޔާއި، މުދަލާއި، އަބުރާއި، ހަންތައް (ހަށިތައް) ވަނީ ތިޔަބައިމީހުންގެ މައްޗަށް ޙަރާމްވެގެންނެވެ. އެއީ ތިޔަބައިމީހުންގެ މި ދުވަސް ޙުރުމަތްތެރި-ވެގެންވާ ފަދައިންނެވެ. ތިޔަބައިމީހުންގެ މި މަސް ޙުރުމަތްތެރިކުރެއްވިގެންވާ ފަދައިންނެވެ. ތިޔަބައި-މީހުންގެ މި ރަށް (މައްކާ) ޙުރުމަތްތެރިކުރެއްވިގެންވާ ފަދައިންނެވެ. ދެންފަހެ! ތިމަންކަލޭގެފާނު ފޯރުކޮށް-ދެއްވައިފީމު ހެއްޔެވެ؟!" ޞަޙާބިއްޔަ ބޭކަލުން ޖަވާބު ދެއްވިއެވެ. "އާދޭހެވެ!"
އަދިވެސް މާތް ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّمހަދީޘްފުޅުކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ."މީހެއްގެއަބުރަށްނުވަތަ އެއްޗަކަށް އަނިޔާވެރިވުމުގެ ފާފައެމީހެއްގެބޮލުގައިއެޅިފައިވާމީހާ، ފަހެ މިއަދު އެ ކަމުން މިންޖުވެ (އަނިޔާލިބުނު މީހާގެ ކިބައިން) ހިތްހަލާލު ހޯދާހުށިކަމެވެ. އެއީ (އެ ދުވަހެއްގައި) ދީނާރެއް އަދި ދިރުހަމެއް ނުވާ ދުވަސް އައުމުގެ ކުރިންނެވެ. (އެ ދުވަހުން) އެ މީހާގެ ހެޔޮ ޢަމަލެއް ވާނަމަ، އޭނާގެ އަނިޔާވެރިކަމާއި އެއްވަރަށް އުނި ކުރެވޭ ހުއްޓެވެ. އަދި އޭނާއަށް ހެޔޮ ޢަމަލެއް ނުވާނަމަ، އަނިޔާލިބުނު މީހާގެ ފާފަތައް އޭނާގެ ބޮލުގައި އެޅުވޭ ހުއްޓެވެ. (صحيح البخاري 2449)މިފަދަ މީހެއްގެ ވާހަކަ ސިފަކުރެއްވި އެހެން ހަދީޘެއްގައި ޞަހާބީންނާ އެކަލޭގެފާނު ސުވާލު-ކުރެއްވިއެވެ. "ބަނގުރޫޓުވެފައިވާ މީހަކީ ކާކުކަން ތިޔަބައިމީހުންނަށް އެނގޭހެއްޔެވެ؟" ޖަވާބުގައި އެ ބޭކަލުންދެއްނެވީ އެއީ މުދަލެއް އަދި ދިރުހަމެއް ލިބިގެން ނުވާ މީހާ ކަމުގައެވެ. ނަމަވެސް ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّمއެކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ބަނގުރޫޓުވެފައިވާ މީހާ ބަޔާންކޮށްދެއްވީ، އަންނަނިވި ގޮތަށެވެ. އެއީ އެތައް ބައިވަރު ހެޔޮ އަމަލަކައިގެން ޤިޔާމަތްދުވަހު ﷲގެ ޙަޟްރަތަށް އައިސް، އެހެންމީހުންނަށް ދިން އަނިޔާގެ ބަދަލުގައި އޭނާގެ ހެޔޮ ޢަމަލުތައް އެ މީހުންނަށް ދީ، އެވަރުންވެސް ނުފުދިގެން، އެ އައި މީހުންގެ ނުބައި ފާފަތަކާއި އަޒާބު އޭނާގެ ބޮލުގައި އަޅައިގެން ގޮސް ނަރަކައަށް އެއްލާލެވޭ މީހާ ކަމުގައެވެ. (جامع الترمذي: 2418)
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު