މާޒީގެ އެތައް ޞަފުޙާއެއްގެ ކުރިޔަށް އަޅުގަނޑުގެ ޚިޔާލު ދަތުރުކޮށް ދަނީ، މާލޭގެ މެދެއްހައި ހިސާބުގައި ހުންނަ މައްޗަންގޮޅި ޖަލާލުއްދީން މިސްކިތަށެވެ. އެ މިސްކިތަކީ އެތަށް އެކުވެރިންނަކާ ބައްދަލުވި މިސްކިތެކެވެ. އިސްލާމީ އަޚުވަންތަކަން އެ ތަނަކުން އިތުރުވެގެން އައި ތަނެކެވެ. ވަރަށް ގިނަ އެކުވެރިންނާ ބައްދަލުވެ ސަލާންގަލާންކޮށް ހީސަމާސާ ވެސް ކުރެވުނު ތަނެކެވެ. މި ދެންނެވި ޒަމާނުގެ ތެރެއިން އެއް ހަނދާނަކީ އަލްއަޚް އިމްރާން މުޙައްމަދު ޢަލީ އާ ބައްދަލުވި ހަނދާނެވެ.
އަލްއަޚް އިމްރާނަކީ އޭރުވެސް އެކުވެރިއެކެވެ. ގާތް ރަޙުމަތްތެރިއެކެވެ. އޭރު އެއީ މަތީ ތަޢުލީމު ޙާޞިލުކުރައްވަން ސަޢޫދީއަށް ވަޑައިގެންނެވިތާ ކުރީކޮޅެވެ. އެއް ދުވަހަކު މެނދުރު ނަމާދަށްފަހު އަޅުގަނޑާ ބައްދަލުވިއެވެ. "ނުފެންނަތާ ދުވަސްކޮޅެއް ވެއްޖެ ނޫންހޭ؟" އަހައި ވާހަކަދައްކަން ފެށުމުން އެނގުނީ ސަޢޫދީގައި ހުންނަވާ ކަމެވެ. ކިޔަވާ ވިދާޅުވާކަމެވެ. އެ ދުވަހު ވެސް ވާހަކަފުޅުދެއްކެވީ އެބޭފުޅާގެ މަޑުމައިތިރިކަމާ އެކުއެވެ.
އެ ދުވަހު އަޅުގަނޑުމެން ދެއްކި މާގިނަ ވާހަކަ ހަނދާނުގައި ނެތެއް ކަމަކު، ޢިމްރާންގެ މޫނުފުޅުމަތިން ފެންނަ ހިނިތުންވުމާއި އުފާވެރިކަމަކީ ހަނދާނުން ފުހެވޭނޭ ކަމެއް ނޫނެވެ. އަޑުފުޅުގެ މަޑުކަމާއި ވާހަކަފުޅުގެ މަދުކަމަކީ ޢިމްރާނުގެ ކިބައިގައި ޠަބީޢީ ގޮތުން ހަރުލާފައި ހުރި އަޚްލާޤީ ރިވެތި ސިފައެކެވެ.
އައްޝައިޚު ޢިމްރާން މުޙައްމަދު ޢަލީއަކީ ޢިލްމީ ބޭފުޅެކެވެ. ދީނީ ޢިލްމު ހޯއްދެވުމާއި އެ ޢިލްމު ފެތުރެއްވުމުގައި ގަދައަޅާ މަސައްކަތްކުރައްވާ ހިތްވަރުގަދަ ބަޠަލެކެވެ. dhisalafiyyah.net އުފައްދަވައިގެން މިއަދާ ހަމައަށް ވެސް ޢިލްމީ އެތައް މަސައްކަތްޕުޅެއް އެ ކުރައްވަނީ މުޅިން ވެސް ދަރުމަވެރިކަމުންނެވެ. ހިލޭސާބަހަށެވެ. އެ ބޭފުޅާގެ ޢިލްމު ދިވެހިންނާ ހަމައަށް ފޯރުކޮށްދެއްވުމަށް މީސްމީޑިއާގެ އެކިއެކި މަންސަތަކުގައި ވެސް ވަރަށް ޙަރަކާތްތެރިކޮށް މަސައްކަތް ކުރައްވައެވެ.
އައްޝައިޚް ޢިމްރާން ކުރައްވާ ދައުވަތުގެ މަސައްކަތްޕުޅުގެ ސިލްސިލާއަށް އިތުރުވި އެއް ބޮޅަކީ "ދީނުގެމަގު" މަޖައްލާއަށް ލިޔެދެއްވަން ފެއްޓެވިފެއްޓެވުމެވެ. މި މަޖައްލާ ޝާއިޢުކުރަން ފައްޓާފައި އެމަނިކުފާނަށް ދަންނަވައިލި ދުވަހުން ފެށިގެން ދީނުގެމަގަށް އެބަ ލިޔުއްވައެވެ. މިހިނގާ 1446ވަނަ އަހަރުގެ ޝައުބާންމަހުގެ އެއްވަނަދުވަހާ ހަމައަށް 65 މަޒުމޫނު "ދީނުގެމަގު"ގެ ކިޔުންތެރިންނާހަމައަށް ގެނެސްދެއްވައިފައި ވެއެވެ. ތަޢުލީމީ ޙަޔާތުގެ އެންމެ ބުރަ ދުވަސްތަކުގައި ވެސް އިސްލާމީ ދަޢުވަތު ކުރިޔަށް ގެންދެވުމުގައި މުރާލިކަމާ އެކު ހުންނެވިކަމީ އެމަނިކުފާނުގެ ހިތްޕުޅުގައިޢިލްމަށްއޮތްޝައުޤުހާމަވާކަމެކެވެ. މިއަދުއަޅުގަނޑުމެންއުފަލާއެކުފާހަގަމިކުރަނީއައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ ޕީ.އެޗް.ޑީ. ޙާޞިލުކުރެއްވިކަމުގެޝަރަފެވެ.ޑރ.ޢިމްރާނަށް އިތުރުކާމިޔާބީއެދެމުންނެވެ.
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު