ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ދެކޮޅަށް ގުދުސްގައި އިސްރާއީލްގެ ރައްޔިތުން ކުރަމުންގެންދާ މުޒާހަރާތައް ހޫނުވެ، އެންމެފަހުން ބޮޑު ހަމަނުޖެހުންގަނޑަކަށް ބަދަލުވެއްޖެއެވެ.
އަލް-ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ފޮތުގައި ނަތަންޔާހޫއާ ދެކޮޅަށް ޔަހޫދީން ކުރަމުންގެންދާ މި މުޒާހަރާތައް ހޫނުވީ، ނަތަންޔާހޫ ދިރިއުޅޭ ގަނޑުވަރާ ކައިރިއަށް މުޒާހަރާގެ ބައިވެރިން މިސްރާބު ޖަހަން ފެށުމުން ކަމަށެވެ. އިސްރާއީލްގެ ރައްޔިތުން ނަތަންޔާހޫދެކެ ރުޅިގަދަވެފައި މި ވަނީ އެއްބަސްވުމާ ހިލާފަށް ޢައްޒާގައި ހުރި އިސްރާއީލުގެ ގައިދީން ސަލާމަތް ނުކޮށް އަނެއްކާ ވެސް ގަތުލުއާންމު ހިންގަން ފެށުމުންނެވެ.
މުޒާހަރާގައި ސިފައިންނާ މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާދިޔައިރު، އާންމުން ހުއްޓުވުމަށް ސިފައިން ވަނީ ބާރުގެ ބޭނުންކޮށްފައެވެ. އެ ގޮތުން ސިފައިން ވަނީ ފެނާއި ޓިއާރް ގޭސް ބޭނުން ކޮށްފައެވެ. އަދި 12 މީހުން ހައްޔަރުކޮށްފައެވެ.
އިސްރާއީލުން މި މަހުގެ 18 ވަނަ ދުވަހުގައި ޣައްޒާއަށް ދޭންފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 500އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ