ޣައްޒާގެ މެދު ސަރަހައްދުގައި އިސްރާއީލުން ދެމުންގެންދާ އެއްގަމު ހަމަލާތަކުގެ ނަތީޖާގެ ޒިންމާ އިސްރާއީލުގެ ވެރިކަމާއި އެ ގައުމުގެ ވެރިން އުފުލަން ޖެހޭނެ ކަމަށް ހަމާސްއިން ބުދަ ދުވަހު ބުނެފިއެވެ.
ހަމާސްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ފަލަސްތީނުގެ ރައްޔިތުން މަޖުބޫރުން ނަމަވެސް ޣައްޒާ ދޫކޮށް ދިއުމަށް އިސްރާއީލުން ތަކުރާރުކޮށް ދެމުންދާ އިންޒާރުތަކަކީ ބެންޖަމިން ނެތަންޔާހޫގެ ސަރުކާރު ކުރިމަތިލާންޖެހިފައިވާ ބޮޑު ހީނަރުކަމެއްގެ ދަލީލު ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުން އެ ޤައުމުން ނެރުމަށް ކުރާ ހުރިހާ މަސައްކަތެއް ނާކާމިޔާބު ވާނެ ކަމަށާއި، އަލް-ޤުދުސް ފިޔަވައި އެހެން ތަނަކަށް ހިޖުރަނުކުރާނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން، ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަށް އިސްރާއީލުން ޚިލާފުވެފައިވާ ކަމަށާއި، އެ ކަމުގެ ޒިންމާ އުފުލުމަށާއި ނެތަންޔާހޫގެ ޢަމަލުތައް ހުއްޓުވުމަށް މެދުވެރިންގެ ދައުރު އަދާކުރަމުންދާ ފަރާތްތަކުގެ މައްޗަށް ހަމާސްއިން ގޮވާލާފައި ވެއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ނެތަންޔާހޫ އަންގާރަ ދުވަހު ބުނެފައި ވަނީ ހަމަލާތައް ދެމުން ގެންދާއިރު، ހަމާސްއާ އެކު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ހަނގުރާމަ އަލުން ފެށުމަށް މަޖުބޫރުވީ ހަމާސްއިން އިސްރާއީލުގެ ހުށަހެޅުންތައް ބަލައިނުގަތުމުން ކަމަށް ޔަހޫދީ ނަތަންޔާހޫ ދަނީ ދޮގުބުނުމެއް ބުނަމުންނެވެ.
އިސްރާއީލުގެ ބޮޑުވަޒީރުގެ މި ވާހަކަތަކާ ގުޅިގެން ހަމާސްއިން ބުނެފައިވަނީ ހަނގުރާމައިގެ ހުއްޓުމަކަށް ގެނައުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އަދާކުރަންޖެހޭ ޒިންމާތަކުން އެއްކިބާވެ، އިސްރާޢީލުން އެއްބަސްވުމާ ހިލާފުވަމުންދާ ކަމަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ