އިސްލާމިކް ޖިހާދުގެ ތަރުޖަމާނު އަބޫ ހަމްޒާ ޝަހީދުކޮށްލައިފި!

ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ އިސްރާއީލުން ޣައްޒާގެ މެދުތެރޭގެ ނުސައިރިއާތް ކޭންޕަށް ދިން ހަމަލާ އެއްގައި އިސްލާމިކް ޖިހާދު (ޕީއައިޖޭ)ގެ ތަރުޖަމާނު، އަބޫ ހަމްޒާ ޝަހީދު ކޮށްލައިފި އެވެ.

ޣައްޒާގެ ހަބަރުތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ނާޖީ އަބޫ ސައިފް (އަބޫ ހަމްޒާ) ޝަހީދުކޮށްލާފައި ވަނީ އޭނާގެ އަންހެނުން ޝައިމާ އަބޫ ސައިފް އާއި އޭނާގެ ބޭބެ ޣައްސާން މާހިރު އަބޫ ސައިފް އަދި އޭނާގެ ކޮއްކޮ ސާރާ އަބޫ ސައިފް އެ މީހުންގެ ދަރިއާ އެކު ޣައްޒާގެ މެދުތެރޭގައި ހުންނަ އޭނާގެ ގެއަށް އަމާޒުކޮށް ޔަހޫދީން 18ވަނަ ދުވަހުގެ ރޭ ދިން ވަރުގަދަ ހަމަލާތަކުގައެވެ.

 އަބޫ ޙަމްޒާ ޝަހީދުވިކަން އިސްލާމިކް ޖިހާދުން އިޢުލާން ކޮށްފައި ވަނީ މި މަހުގެ 19ވަނަ ދުވަހުގައެވެ.

ޔަހޫދީން ދިން ހަމަލާތަކުގައި އަބޫ ހަމްޒާ އާއި އޭނާގެ އާއިލާ ޝަހީދު ވުމުން އިސްލާމިކް ޖިހާދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "އަބޫ ހަމްޒާ ޝަހީދު ކޮށްލުމުން ދެކޮޅުވެރިކަން ބަލިކަށި ނުވާނެ ކަމަށާއި އޭގެ ބަދަލުގައި އިސްރާއީލުގެ އަނިޔާވެރިކަމާ ކުރިމަތިލުން ކުރިއަށް ގެންދިއުމުގެ އަޒުމް ވަރުގަދަވާނެ ކަމަށެވެ. ބިން މިނިވަންވެ، ރައްޔިތުންގެ ޙައްޤުތައް އަނބުރާ ލިބެންދެން ޝަހީދުންގެ ލެއިން ދެކޮޅުވެރިކަމަށް ތެޔޮ ޖަހާނެ." ކަމަށެވެ. 

މީގެ އިތުރުން އެ ޖަމާއަތުން ނެރުނު ބަޔާނުގައި ބުނީ މި ހަމަލާގެ ސަބަބުން "މި އަނިޔާވެރިކަމުގެ އަމާޒުތައް މުޅިން ނާކާމިޔާބު ވާންދެން ރައްޔިތުންނާއި އެ މީހުންގެ ޙއްޤުތައް ދިފާއުކުރުމުގައި ދެމިތިބުމަށް އަޒުމް ވަރުގަދަވެއްޖެ ކަމަށެވެ.

މާތް الله އަބޫ ޙަމްޒާގެ އާޢިލާއަށާއި އަބޫ ޙަމްޒާގެ ފުރާނައަށް ހެޔޮ ރަޙުމަތްލައްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާނދޭވެ! އަދި ފަލަސްތީނުގެ މުޖާހިދުންނަށް ނަސްރު ދެއްވާންދޭވެ!  އާމީން!!