9 މަސް ދުވަސްވަންދެން ޖައްވުގައި ހާލުގައި ޖެހިފައި ތިބި ދެ އެސްޓްރޮނޯޓުން ދުނިޔެއަށް އައިސްފިއެވެ.
މި ދެ މީހިން ގޮވައިގެން ދުނިޔެއަށް އައި އިއްޔެ ހެނދުނު މާލޭގަޑިން 11 ޖހިއިރު އިންޓަރނޭޝަނަލް ޖައްވީ ސްޓޭޝަނުން ނައްޓާލީ ރޮކެޓެކެވެ. މި ދެ މީހުން އުފުލި ކެޕްސުލް ފްލޮރިޑާ ކައިރިއަށް ކަނޑަށް ވައިކުޑައިގައި ޖެއްސީ ރޭ ދަންވަރު މާލޭ ގަޑިން 4 ޖެހިެިރުއެވެ.
ސުނީތާ ވިލިއަމްސްއާއި ބަޗް ވިލްމޯ އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ދިޔައީ 5 ދުވަހުގެ ދަތުރެއްގައެވެ. އާދެވޭނެ ގޮތެއް ނެތިގެން ހާލުގައި ޖެހިފައި ތިބުމަށްފަހު ސްޕޭސް އެކްސްގެ ރޮކެޓެއްގައި އެނބުރި އައީ 9 މަސް ދުވަސް ހޭދަ ކުރުމަށްފަހުއެވެ.
ދުނިޔޭގެ ދަމާ ބާރު ޖައްވުގެ މަތީ ހިސާބުތަކުގައި ނެތުމުން ކަށީގެ ބަރުދަން ލުއިވެދެއެވެ. ނާސާއިން ބުނާ ގޮތުގައި ޖައްވުގައި އުޅޭ ކޮންމެ މަހަކަށް ވެސް އިންސާނާގެ ކަށީގެ އެއް ޕަސެންޓް އުނިވާނެށެވެ.
ޖައްވުގައި ވަގުތު ހޭދަކުރުމުގެ އެންމެ ނުރައްކާތެރި އެއް އަސަރަކީ އިންސާނާ ރޭޑިއޭޝަންއަށް ހުށަހެޅުން ކަމަށްބވެސް ނާސާއިން ބުނެއެވެ.
މި ދެ ފަޅުވެރިން 45 ދުވަސް ވަންދެން ފަރުވާ ހޯދާނެކަމަށް ބާސާއިން ލަފާކުރެއެވެ.
މި ދެ މީހުން ޖައްވުގައި ތިބި ދުވަސްތަކުން ކޮންމެ ދުވަހަކަށް ލިބޭނީ އެންމެ 4 ޑޮލަރެވެ. އިތުރުގަޑިއެއް ނުލިބޭނެއެވެ. މި މީހުންގެ މުސާރަ އަކީ އަހަރަކު ދޮޅުލައްކަ ޑޮލަރެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ