މި އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި 25 މިލިއަނަށްވުރެ ގިނަ މީހުން މަސްޖިދުލް ޙަރާމަށް ޒިޔާރަތްކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނެފިއެވެ.
އެ ގޮތުން މީގެ ތެރެއިން 5.5 މިލިއަންވުރެ ގިނަ މީހުން ވަނީ ޢުމްރާ ކޮށްފައެވެ.
މިސްކިތުގެ އިންތިޒާމުތައް ބެލެހެއްޓުމަށް 11,000އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާއިރު 4,000އަށްވުރެ ގިނަ މުވައްޒަފުން ސާފުކުރުމުގެ މަސައްކަތުގައި އުޅެއެވެ. އަދި މިސްކިތުގައި 20,000އަށްވުރެ ގިނަ ޒަމްޒަމް ޑިސްޕެންސަރު ހުރެއެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ފިނިކުރާ ނިޒާމު ބޭނުންކުރާނީ މަސްޖިދުލް ޙަރާމްކަމުގައެވެ.
ޙަރަމައިން ހައި-ސްޕީޑް ރެއިލްވޭއިން ރަމަޟާން މަހުގެ ތެރޭގައި 3,400އަށްވުރެ ގިނަ ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ރޭލު ނިޒާމުގައި 35 ކަރަންޓު ރޭލު ބޭނުންކުރާއިރު، ކޮންމެ ރޭލެއްގައި 417 ފަސިންޖަރުންނަށް ދަތުރުކުރެވެއެވެ. މައްކާއިން މަދީނާއަށް ދަތުރުކުރުމަށް ހޭދަވަނީ އެންމެ ދެ ގަޑިއިރެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ