އިޒްރާއިލުން އަނެެއްކާ ވެސް ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދޭން މިއަދު ފަށައިފިއެވެ.
ޣައްޒާގައި މީހުން ދިރިއުޅެމުންދާ ސަރަހައްދުތަކަށް އިޒްރާއިލުން މި ހަމަލާތައް ދޭން ފަށައިފައި ވަނީ އިންޒާރުދިނުމެއް ނެތި ކުއްލިއަކަށެވެ.
އިޒްރާއިލުން ޣައްޒާއަށް ދިން މި ހަމަލާއަކީ ޣައްޒާއަށް ކާބޯތަކެއްޗާއި އެހެނިހެން އިންސާނީ އެހީގެ ތަކެތި ނުވެއްދޭނެހެން ބޯޑަރު ބަންދުކުރިތާ 16 ދުވަސްފަހުން ދިން ހަމަލާތަކެކެވެ.
ޣައްޒާގައި ހާލުގައި ޖެހިފައިތިބި މީހުން ވަގުތީ ހިޔާވަހިކަން ހޯދަމުންދާ ސްކޫލްތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ވައިގެ މަގުން ޑްރޯން ހަމަލާތަކެއް އިޒްރޭލުން ދީފައިވެއެވެ. ހަނގުރާމަމަތީ ޓޭންކަރުތަކާއި އެކު އިޒްރާއިލްގެ ހަނގުރާމަވެރިން ވަނީ ޣައްޒާގެ ދެކުނަށް ހަމަލާދީފައެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފާވާ ގޮތުގައި މި ހަމަލާތަކުގައި މިހާތަނަށް 412އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ. އޭގެތެރޭގައި 150އަށްވުރެ ގިނަ ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މީގެ އިތުރުން ޣައްޒާގެ ހެލްތް މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި މި ހަމަލާތަކުގައި އެތަށް އާއިލާއެއް ވަނީ ނެތިގޮސްފައެވެ.
ޣައްޒާގެ ނޫސްވެރިއެއް ކަމުގައިވާ ހިންދް ޚައުދަރީ ބުނެފައިވަނީ މި ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ތިބީ ސިހުންވެރިކަމެއްގެ ތެރޭގައި ކަމަށާއި މި ހަމަލާތައް ދިންއިރު ގިނަ ބަޔަކު ތިބީ ވެސް ނިދާފައިކަމަށެވެ.
އިޒްރާއިލުން ޣައްޒާއަށް މި ހަމަލާތަށް ދޭން ފަށައިފައި މި ވަނީ ސުލްޙައިގެ ވާހަކަތައް ވެސް ކުރިއަށްގެންގޮސްފައިވާ ދަނޑިވަޅެއްގައެެވެ. މި ހަމަލާތައް ދިން ސަބަބެއް ކަމަށް އިޒްރާއިލްގެ ބޮޑު ވަޒީރުގެ އޮފީހުން ބުނެފައިވަނީ ހަމާސްއިން ރަހީނު ކޮށްފައި ތިބި އިޒްރާއިލްގެ ރަހީނުން އެއްފަހަރާ ދޫކޮށްނުލުމެވެ.
އިޒްރާއިލުން މިހެން ބުނި ނަމަވެސް ޞުލްޙައިގެ ވާހަކަތަކުގެ ދެވަނަ ބުރުން އެ މީހުން އަމިއްލައަށް ވަނީ ވަކިވެފައެވެ. އެ ވާހަކަތަކުގައި ހަނގުރާމަ އެއްކޮށް ހުއްޓައިލުމުގެ ވާހަކަތައް ދެއްކޭނެ ކަމަށް ވެސް ބުނެވިފައިއޮތެވެ.
އަދިވެސް ހަމާސްގެ ބެލުމުގެ ދަށުގައި އިޒްރާއިލްގެ 59 މީހަކު އެބަތިއްބެވެ.
އަލް-އަރަބިޔާ އަލް-ޖަދީދް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުން ފެށި މި ޢުދުވާނުގެ ހަމަލާއެއް ހަމާސްގެ ބެލުމުގެ ދަށުގައިހުރި އިސްރާއީލުގެ ގައިދީންތިބި ތަނަކަށް ވެސް ވަނީ އަމާޒުވެފައެވެ. އަދި މި ހަމަލާގައި އެ ތަނުން އެކަކު މަރުވެފައިވާ ކަމަށާއި ބައެއް މީހުން ޒަޚަމްވެފައި ވާކަމަށް ވެސް އަލް-އަރަބިޔާ އަލް-ޖަދީދުން ވަނީ ރިޕޯޓުކޮށްފައެވެ.
އިސްރާއީލުގެ ނިރުބަވެރިން މި އޮޕަރޭޝަންއަށް ކިޔާފައިވާ ނަމަކީ "Courage and the sword " ނުވަތަ "އަލް-ޝުޖާޢަށް ވަ އަލް-ސަްިފް" އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ