އއ. ތޮއްޑޫގައި ބަރަހަނާކޮށް ބީޗްގައި އުޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނީ ތޮއްޑޫގައި ހުންނަ ގެސްޓްހައުސްއަކަށް އައިސް އުޅުނު ރަޝިއާގެ ފިރިހެން ފަތުރުވެރިއަކު އެ ރަށު ވަޅުމަގުކޮޅު ބީޗްގައި ބަރަހަނާކޮށް އުޅުނު މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ފުލުހުން އެތަނަށް ދިޔައިރު ވެސް އޭނާ ހުރީ އެ ހާލުގައި ކަމާށެވެ. އަދި ފުލުހުންގެ އަމުރަށް އޭނާ ނުކިޔަމަންތެރިވެފައިވާ ކަމަށާއި އޭނާގެ ސަބަބުން ފުލުހުންނަށް އަނިޔާވެ ފުލުހުންގެ ވެހިކަލަށް ވެސް ގެންލުން ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައި ކަމަށެވެ. އަދި މައްސަލަ އިތުރަށް ތަޙުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު