އެމެރިކާއިން ޔަމަނަށް މިދިޔަ ހޮނިހިރު ދުވަހު ދޭންފެށި ހަމަލާތްކުގައި މިހާތަނަށް 32 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޔަމަނުގެ ހޫޘީން ބުނެއެވެ.
ހޫޘީން ބުނާ ގޮތުގައި ރޭ ސާދާއަށް ދިން ހަމަލާގައި 4 ކުޑަކުދިންނާއި އަންހެނަކު ވަނީ ޝަހީދުވެފައެވެ.
އަދި މިހަމަލާތަކުގައި މިހާތަނަށް 32 މީހުން ޝަހީދުވެފައި ވާއިރު 101 މީހުން ވަނީ ޒަހަމަވެފައެވެ.
އެމެރިކާގެ ހައްދުފަހަނައެޅި ރައީސް ޑޮނަލްޑް ޓްރަންޕް ވަނީ ޔަމަނަށް ހަމަލާ ދިނުމަށް ގަލްފުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ ވެރިންނަށް އަމުުރުކުރި ކަމަށް ބުނެފައެވެ. އެމެރިކާގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ހޫޘީން ވެސް ވަނީ އެމެރިކާގެ މަނަވަރުތަކަށް ހަމަލާ ދީފައި ވެއެވެ. މި ހަމަލާއިން ލިބުނު ގެއްލުންތައް އެމެރިކާއިން އަދި ހާމައެއް ނުކުރެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ