އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް ކަޅުތެޔޮ ޖެހިޖެހުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފިއެވެ.
ސާޖިދާ އެކްސްގައި ވިދާޅުވީ އެއްވެސް މީހަކަށް މިފަދައިން ހަމަލާދީ އަދި އުނދަގޫކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ. އަދި މި ވަގުތުގައި ކަންކަން ހަލަބޮލި ނުކުރައްވައި، އިންސާފު ޤާއިމުކުރުމަށް ޖާގަދެއްވުމަށް އެ ކަމަނާ އިލްތިމާސް ކުރެއްވިއެވެ.
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހީ މެޑަމް ސާޖިދާގެ ދަރިކަލުންނާ ގުޅޭގޮތުން ވާހަކަތަކެއް ދެއްކި މައްސަލަ ހޫނުވެފައި ވަނިކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު