ހޫޘީން އަނެއްކާ ވެސް އިސްރާއީލާ ގުޅުންހުރި ބޯޓަކަށް ހަމަލާދޭން ފަށައިފި!

އެމެރިކާއިން ޔަމަނަށް ވަރުގަދަ ހަމަލާތައް ދަމުން ދަނިކޮށް  ޔަމަނުގައިވެރިކަންކުރާ ހޫޘީން އަނެއްކާ ވެސް އިސްރާއީލާ ގުޅުންހުރި ބޯޓަކަށް ހަމަލާތަކެއްދީފިއެވެ.

ޣައްޒާގައި ހަނގުރާމަ ހުއްޓައިލުމަށް އެއްބަސްވުމާ ގުޅިގެން ޙަމާސްގެ އެދުމަށް ހޫޘީން ވަނީ ރަތް ކަނޑުގައި ދެމުން ދިޔަ ހަމާލަކަށް ހުއްޓުމެއް ގެނެސްފައެވެ.

އިސްރާއީލަށް ނިސްބަތްވާ ބޯޓަކަށް ހޫޘީން އިއްޔެ ހަމަލާދީފައިވާކަން އަލް-ޖަޒީރާއިން ރިޕޯޓްކޮށްފައިވާއިރު، ހޫޘީން ވެސް ވަނީ ރޭ ރަތްކަނޑުން ދަތުރުކުރަމުންދިޔަ އިސްރާއީލަށް ނިސްބަތްވާ ބޯޓަކަށް ހަމަލާދިންކަމަށް ބުނެފައެވެ.

މި ކަން އިއުލާންކޮށް ހޫޘީންގެ އަސްކަރިއްޔާގެ ތަރުޖަމާނު ޔަޙްޔާ ބުނީ "އެމެރިކާގެ އެއާކްރާފްޓްސް ކެރިޔާ "USS Harry Truman"  ބްލަސްޓިކް މިސައިލް، ވިންގްޑް މިސައިލް އަދި ޑްރޯން ބޭނުން ކޮށްގެން ހަމަލާދީފައިވާނެ ކަމަށެވެ.

އަދި ހޫޘީންގެ އިސް ލީޑަރަކު ބުނީ އިސްރާއީލުން ޣައްޒާގައި ދިރިއުޅެމުންދާ 2 މިލިއަން މުސްލިމުންނާ ދެކޮޅަށް ދޭ ހަމަލާތައް ނުހުއްޓަނީސް އަދި އެހީ ދޭ ޖަމާޢަތްތަކުގެ މަސައްކަތްތަކަށް ދަތިކުރާހައި ހިނދަކު، އެ މީހުންގެ ކަނޑުމަތީގެ އޮޕަރޭޝަންތައް ކުރިއަށްގެންދާނޭ ކަމަށެވެ.

އިސްރާއީލުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ދޭ ހަމަލާތައް ނުހުއްޓާހާ ހިނދަކު ހޫޘީންގެ ހަމަލާތައް ހުއްޓައި ނުލާނޭ ކަމަށް މީގެ ކުރިން އެތައް ފަހަރަކު ހޫޘީން ވަނީ ބުނެފައެވެ. އިސްރާއީލަށް ނިސްބަތްވާ އެ ބޯޓަށް ހޫޘީން ދިން މި ހަމަލާތަކާ ގުޅޭގޮތުން އެމެރިކާއިން ވެސް އިސްރާއީލުން ވެސް އަދި މިހާތަނަށް އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ.

އެމެރިކާއިން އެންމެފަހުން ޔަމަނަށް ދިން ހަމަލާތަކުގައި 37އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ. މި ހަމަލާތަކާ ގުޅޭގޮތުން ހޫޘީން ބުނެފައި ވަނީ، އެމެރިކާއިން ދިން ހަމަލާތަކުގައި ގިނައިން މަރުވެފައި ވަނީ އަންހެނުންނާއި ކުޑަކުދިން ކަމަށެވެ. އަދި އެއް ޢާއިލާ އެއްކޮށް ޝަހީދުކޮށްލާފައިވާ ކަމަށް ވެސް ޔަމަނުގެ މީޑިއާތަކުން މައުލޫމާތުދެއެވެ. 

ރަތްކަނޑުން ދަތުރުކުރާ އިސްރާއީލަށް ނިސްބަތްވާ ބޯޓުތަކަށް ހޫޘީން ދޭ ހަމަލާތައް އިތުރުވެފައިވާއިރު، ހޫޘީންނާ ދެކޮޅަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް އެމެރިކާއިން ވަނީ އިއުލާންކޮށްފައެވެ.