ރާއްޖޭގެ 19 ރަށެއްގެ ސުކޫލްތަކުގައި ނުނިމި ހުރި މަސައްކަތްތައް ކުރުމަށް 3 ކުންފުންޏަކާ ހަވާލުކޮށްފި

ރާއްޖޭގެ 19 ރަށެއްގެ ސުކޫލްތަކުގައި ނުނިމިހުރި މަސައްކަތްތައްކޮށް ނިންމުމަަށް ތަޢުލީމީ ވުޒާރާއިން ސަރުކާރު ހިއްސާވާ 3 ކުންފުންޏަކާ ޙަވާލުކޮށްފިއެވެ.

ތަޢުލީމީ ވުޒާރާއިން 19 ރަށެއްގެ ސުކޫލްތަކުގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް ޙަވާލުކޮށްފައި ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އަދި ފެނަކަ ކޯޕަރޭޝަނާއެވެ.

ފެނަކަ ކޯރޕަރޭޝަނާ ޙަވާލުކޮށްފައިވާ ރަށްތައް:

- ގއ. ކަނޑުހުޅުދޫ

- ހދ. ވައިކަރަދޫ

- ތ. ވޭމަންޑޫ

- ތ. އޮމަދޫ

- ށ. ފީވަށް

- ށ. ގޮއިދޫ

- ލ. ކުނަހަންދޫ

- ގއ. ކޮނޑޭ

- ފ. ބިލެއްދޫ

- ފ. ފީއަލީ

- ބ. ފުޅަދޫ

- ބ. ގޮއިދޫ

އެމްޓީސީސީއާ ޙަވާލުކޮށްފައިވާ ރަށްތައް:

- ރ. އުނގޫފާރު

- ހއ. އުލިގަމު

- ކ. މާފުށި

- ވ. ފުލިދޫ

އާރްޑީސީއާ ޙަވާލުކޮށްފައިވާ ރަށްތައް:

- ހއ. ފިއްލަދޫ

- ރ. ހުޅުދުއްފާރު

އަތޮޅުތަކުގެ ސުކޫލްތަކުގައި ނުނިމިހުރި މަސައްކަތްތައް ކުރުމަށް ކުންފުނިތަކާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢުއެވެ އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙްއެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާރޑް އަލީ ޒުހައިރެވެ.