ތައިލެންޑަށް އައްޔަންކުރެއްވި ދިވެހި ސަފީރު ފުއާދު ތައުފީގު، ސަފީރުކަމުގެ ފަތްކޮޅު ތައިލެންޑްގެ ރަސްގެފާނު މަހާ ވަޖިރަލޮންގްކޯންއަށް އަރުއްވައިފިއެވެ.
އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީޤު އޭނާގެ ސަފީރު ކަމުގެ ފަތްކޮޅު ތައިލެންޑްގެ ރަސްގެފާނަށް އެރުވީ ރިޔާސީ ގަނޑުވަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ފުއާދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ދިވެހިންގެ ނަމުގައި ހެޔޮ އެދުންތައް ތައިލެންޑްގެ ރަސްގެފާނަށް އަރިސްކޮށް ތަފާތު އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ. ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރަކަށް ފުއާދު އައްޔަންކުރައްވައިފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު