ޕާކިސްތާނުގައި ދިރިއުޅޭ އަފްޢާނިސްތާނުގެ ހުރިހާ ރައްޔިތުން މި މަހުގެ 31ވަނަ ދުވަހުގެ ކުރިން ފައިބަން ޕާކިސްތާނުން އަންގައިފިއެވެ.
ފާއިތުވި 30 ހަކަށްވުރެ ގިނަ އަހަރު އަފްޣާނިސްތާނުގައި ހިނގަމުންދާ ހަނގުރާމަތަކާ ގުޅިގެން އެ ޤައުމުގެ އެތައް ބަޔަކު ރެފިއުޖީންގެ ގޮތުގައި ޕާކިސްތާނުގައި ދިރިއުޅެމުން އަންނައިރު އޭގެ ތެރެއިން ބައެއް މީހުން ޤަވާޢިދާ އެއްގޮތަށް ޚާއްޞަ ހުއްދައެއްގެ ދަށުން އުޅެމުން ދެއެވެ. އަނެއް ބަޔަކު އުޅެނީ ޤަވާޢިދާ ޚިލާފަށް ހުއްދަޔާނުލައެވެ.
ނަމަވެސް ފަހަކަށް އައިސް ޠާލިބާން ސަރުކާރުން ޓެރަރިސްޓުންނަށް ހިމާޔަތްދޭ ކަމަށް ޕާކިސްތާނުން ކުރަމުންދާ ތުހުމަތުތަކާ އެކު ދެ ޤައުމުގެ ގުޅުން އޮތީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
މި ކަމާގުޅިގެން އިއްޔެ ޕާކިސްތާނުން ވަނީ ޤާވާޢިދާ އެއްގޮތަށް އުޅޭ މީހުންނާ އެކު ހުރިހާ ރެފިއުޖީން މި މަހުގެ 31ވަނަ ދުވަހުގެ ކުރިން ޕާކިސްތާނުން ފައިބަން އަންގައިފަ ވެއެވެ. އަދި އޭގެ ފަހުން ޕާކިސްތާނުގައި ދިރިއުޅޭ އަފްޣާނިސްތާނުގެ އެންމެން ޑީޕޯޓްކުރާނެ ކަމަށް ޕާކިސްތާނުން ވަނީ ބުނެފައެވެ.
އދ. ގެ ރެފިއުޖީ އޭޖެންސީން އާންމުކޮށްފައިވާ ގޮތުގައި މިހާރު ވެސް އަފްޣާނިސްތާނުގެ އެތައް ލައްކަ ބަޔަކު އެނބުރި ޤައުމަށް ގޮސްފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ