ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ރަސްފަންނު މަރާމާތު ކުރުމަށް ބަންދުކުރުމަށްފަހު މިއަދު އެތަން އާންމުންނަށް ވަގުތީ ގޮތުން ހުޅުވައިފިއެވެ،
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ރަސްފަންނު ސަރަޙައްދުގައި މިހާރު ކޮއްފައިވާ ވަގުތީ މަރާމާތުތަކަށްފަހު އިތުރު މަރާމާތުގެ މަސައްކަތްތައް ފަހުން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ.
މިއަދު މެންދުރު ރައީސް، ޑރ. މުހައްމަދު މުއިއްޒު ވަނީ އެތަން ބައްލަވާލެއްވުމަށް ވަޑައިގެންފައެވެ. އަރިހުގައި މިނިސްޓަރ ޑރ. ޢަބްދުالله މުއްޠަލިބް އަދި މިނިސްޓަރ ޢާދަމް ޝަރީފް ޢުމަރު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރަސްފަންނު މަރާމާތުކުރުމަށްޓަކައި އެތާންގައި ވަރަށް ގިނަ މަސައްކަތް ކޮއްފައިވެއެވެ. މޫދަށް ފައިބާ ސަރަޙައްދަށް ޖަމާވެފައިވާ ޗަކަ ނަގައި، ބީޗުން ގިރައިގެން ގޮސްފައިވާ ސަރަޙައްދުތަކަށް ވެލި އަޅައި އެއްވަރުކޮށް ބީޗުގެ އެކި ސަރަހައްދުގައި ބަހައްޓާފައިވާ ޝަވަރ އޭރިއާތަށް މަރާމާތު ކޮއްފައިވެއެވެ. އަދި މީގެ އިތުރުން ހަލާކުވެފައިވާ ހަޓްތައް މަރާމަތުކޮށް އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ޖޯލިތަކާއި ބާބަކިއު ސްޓޭންޑްތަށް ވެސް މަރާމާތުކޮށްފައިވެއެވެ.