މާލޭގައި ގަވާއިދާ ހިލާފަށް ވޭފްގެ ވިޔަފާރިކުރާ ތަންތަން ހޯދަން ހާއްސަ އޮޕަރޭޝަނެއް ހިންގައި ވޭޕްގެ ވިޔަފާރިކުރާ ބިދޭސީއަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ މުހައްމަދު އަބޫ ސުފްޔާން، (27އ) ނަމަކަށް ކިޔާ ބަނގުލަދޭޝްގެ މީހަކު ދިރިއުޅޭ ތަނާއި އޭނާ މަސައްކަތްކުރާ ކެފޭ ބަލައިފާސްކުރި އިރު 84 ވޭޕް ކާޓްރިޖްއާއި ވޭޕް ވިއްކައިގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާ ފެނިފައިވާ ކަމަށެވެ.
އަދި އޭގެ އިތުރުން ގަލޮޅުގައި ހުންނަ ފިހާރައެއްގައި ވޭޕް ވިއްކައި ވިޔަފާރިކުރާ ކަަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ ފިހާރަ ވެސް ފުލުހުން ވަނީ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ވޭޕް އަތުލައިގެންފަ އެވެ.
ފުލުހުން ވިދާޅުވީ ރޭ ކުރިއަށް ގެންދިޔަ އޮޕަަރޭޝަންގައި ހެލްތު އަދި އިކޮނޮމިކް މިނިސްޓްރީގެ ބޭފުޅުންވެސް ބައިވެރިވިކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު