ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މާލެ ސަރަހައްދުގެ ދެ ސްކޫލެއްގައި ފަށަން ނިންމައިފިއެވެ.
އެގޮތުން މިކަމަށް މިހާރު ހަމަޖައްސާފައިވަނީ މާލޭގެ ކަލާފާނު ސްކޫލާއި، ހުޅުމާލެ ފޭސް 1 ގައި ހުންނަ ރެހެންދި ސްކޫލެވެ.
މިކަމާ ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ވިދާޅުވީ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމަށް އެންސީއައިޓީގައި ގާއިމުކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރާއި ނޯތު ހާބަރު ސަރަހައްދުގައި ގާއިމުކޮށްފައިވާ ޑެސްކްގެ އިތުރުން ކަލާފާނު ސްކޫލް ހޯލުގައި ބައޯމެޓްރިކްސް ނެގުން މިމަހުގެ ނުވަ ވަނަ ދުވަހު ފަށާނެ ކަމަށެވެ. އެ ގޮތުން ކަލާފާނު ސްކޫލުގައި ހުކުރު ދުވަސް ފިޔަވައި، ޝައްވާލު މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ހެނދުނު 9:30 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 9:30 އިން ރޭގަނޑު 11:30 އަށް ބައޯމެޓްރިކްސް ނެގުން ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.
މީގެ އިތުރުން ހުޅުމާލެ ރެހެންދި ސްކޫލު ހޯލުގައި ބައޯމެޓްރިކްސް ނެގުމުގެ އިންތިޒާމު ހަމަޖެހިފައިވާއިރު، އެ ސްކޫލުގައި ބައޯމެޓްރިކްސް ނެގުން ކުރިއަށްދާނީ ހުކުރު ދުވަސް ފިޔަވައި ރޭގަނޑު 9:30 އިން ރޭގަނޑު 12:30 އަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު