ހުޅުމާލެ، ހިތިގަސް މަގު ބުރިޖު މަތިން މޫދަށް ވެއްޓުނު މީހަކު، ފުލުހުން ސަލާމަތްކޮށްފިއެވެ.
ފުލުހުންގެ ވިދާޅުވީ ހުޅުމާލެ ހިތިގަސް މަގު ބްރިޖުން މީހަކު މޫދަށް ވެއްޓިފައިވާ ކަމުގައި މައުލޫމާތު ރޭ ފަތިހު 5:42 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެ ރިޕޯޓާ ގުޅިގެން ފުލުހުން އެތަނަށް އެޑެންޓްވެ އެ މީހާ ނެގުމަށް ފަހު 6:13 ހާއިރު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އަދި މިހާރު އެ މީހާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
ނަމަވެސް އެ ހާދިސާ ހިނގައިދިޔަ ގޮތެއް ފުލުހުން އަދި ހިއްސައެއް ނުކުރެއެވެ.
މީސް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުގައި ހުޅުމާލޭގެ ދެ ފޭސް ގުޅުވައިދޭ ބްރިޖުން ވެއްޓުނުގެ ފިރިހެނަކު ފުލުހުން ސަލާމަތް ކުރާތަން ފެނެއެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ފިރިހެން މީހާ އޮތީ ހަބަރު ހުސްވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު