ޣައްޒާ އަލުން ހެދުމަށް މިސްރުން ހުށަހެޅި 53 ބިލިއަން ޑޮލަރުގެ ޕްލޭނަށް އަރަބި ލީޑަރުންނާއި އދ. އިން ތާއީދުކޮށްފި

ގާހިރާގައި އިއްޔެ ބޭއްވުނު އަރަބި ލީގުގެ ކުއްލި ބައްދަލުވުމުގައި، ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ޣައްޒާ އަލުން އަލުން ހެދުމަށް މިސްރުން ހުށަހެޅި ޕްލޭނަށް އަރަބި ލީޑަރުން ތާއީދުކޮށްފިއެވެ.

މިސްރުގެ ރައީސް އަބްދުލް ފައްތާހު އައް-ސީސީ ވިދާޅުވި ގޮތުގައި، ފަސް އަހަރުގެ މުއްދަތަށް ރޭވިފައިވާ މި ޕްލޭނަށް 53 ބިލިއަން ޑޮލަރު (50.5 ބިލިއަން ޔޫރޯ) ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.އަދި މި ޕްލޭންގެ މަޤްޞަދަކީ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުގައި ދެމިތިބުމަށް މަގުފަހިކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕްލޭންގެ ތަފްސީލުތަކަށް ބަލާއިރު، ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ހަލާކުވެފައިވާ ޢިމާރާތައް ނެގުމާއި ވަގުތީ ބޯހިޔާވަހިކަން ޤާއިމުކުރުމަށް 3 ބިލިއަން ޑޮލަރު ޚަރަދުކުރެވޭނެއެވެ. އޭގެ ފަހުން ކުރިއަށްދާ ދެ މަރުހަލާގައި ޖުމްލަ 400,000 ގޯތިގެދޮރު އިމާރާތްކުރެވޭނެއެވެ.

ނަމަވެސް އިސްރާއީލްގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ، ގާހިރާގައި ކުރެވުނު މަޝްވަރާތަކާއި ނިންމުންތަކުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއަށްފަހު އުފެދިފައިވާ ހާލަތަށް ރިޢާޔަތްކޮށްފައި ނުވާ ކަމަށެވެ.

ނަމަވެސް އެމެރިކާ އަދި އިސްރާއީލުން ވަނީ އަރަބި ގައުމުތަކުގެ ހުށަހެޅުންތަކަަށް ބަލައިގަންނަކަމަށް ބުނެފައެވެ.