މާލޭގެ ގަރާޖެއް ބަލައިފާސްކޮށް ދެ ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް އިމިގްރޭޝަން އިން ބުނެފިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ "އިމިގްރޭޝަން ވޮޗް" އަށް ލިބުނު ރިޕޯޓަކާ ގުޅިގެން އިއްޔެ މެންދުރުފަހު މާލޭގައި ހިންގަމުން އަންނަ ގަރާޖެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން އެތަން ބަލައިފާސްކުރުމުގެ ތެރެއިން އެތަނުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އެ އިދާރާއިން މައުލޫމާތުދެއެވެ.
އިމިގްރޭޝަނުން ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކޮށް ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތައް މި ރަމަޟާން މަހުގައި ވެސް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށެވެ.
އިމިގްރޭޝަނުން ވަނީ ރޯދައަށް ޚާއްޞަކޮށްގެން މާލޭގައި ހިންގަމުންދާ މާރުކޭޓުތަކަށް އަމާޒުކޮށްގެންވެސް އޮޕަރޭޝަނެއް ހިންގައިފައެވެ.
މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބިދޭސީން ބަލައިފާސްކޮށްފައިވާއިރު، ޞައްޙަ ވިސާގައި އެ ބިދޭސީއަކު މަސައްކަތް ކުރަންޖެހޭ ތަނުގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ އަދަދު ގިނަކަން އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ. އަދި، ކުރިއާ އަޅާބަލާއިރު ޞައްޙަ ވިސާގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ އަދަދު އިތުރުވަމުން އަންނަ ކަމަށްވެސް އިމިގްރޭޝަން އިން ފާހަގަކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު