ރ. މީދޫ ގައި މި އަހަރުވެސް އިހްޔާ ފޯރަމްތަކެއް: އިނާމަކަށް އުމްރާ ދަތުރެއް!

ރަމަޟާން މަހުގެ ރޭތައް އިހްޔާކޮށް ދިރުވުމުގެ ގޮތުން މި އަހަރު ވެސް ފޯރަމްތަކެއް ބޭއްވުމަށް ރ. މީދޫ ކައުންސިލުން ނިންމައިފި އެވެ.

މީދޫ އަކީ ދީނީ ހޭލުންތެރިކަން ވަރަށް ބޮޑު ރަށެކެވެ. އެގޮތުން މި އަހަރުވެސް ކައުންސިލާއި އެ ރަށުގެ އުއްމީދު ޖަމިއްޔާ ގުޅިގެން ފޯރަމްތަކެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. ޖުމްލަ ހަތަރު ފޯރަމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ފުރަތަމަ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ ހަތްވަނަ ދުވަހު އެވެ. ފޯރަމް ގައި ތަގުރީރު ކުރައްވާނީ ޑރ. އާދަމް ޝަމީމް އެވެ. ދެވަނަ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14 ވަނަ ދުވަހު ގައެވެ. މި ފޯރަމް ގައި ތަގުރީރު ކުރައްވާނީ، އައްޝައިހް އަހްމަދު ސަމީރު އެވެ. 20 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ފޯރަމް ގައި އައްޝައިހް ސާޖިދު މުހައްމަދު އަދި 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ފޯރަމް ގައި އައްޝައިހް އާޒިމް ހާލިދު ތަގުރީރު ކުރެއްވުމަށް ވަނީ ހަަމަޖެހިފައެވެ.

އަދި މީގެ އިތުރުން ފޯރަމްތައް އޮންނާނީ ރޭގަނޑު 8:30 ގައި ރ. އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ.

އެ ރަށު ކައުންސިލުން ވިދާޅުވީ އިހްޔާ ފޯރަމްގެ ބައިވެެރިންގެ މެދުގައި ނެގޭ ގުރުއަތަކުން އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.