އަވަސް އެޕް މެދުވެރިކޮށް ޓެކްސީގެ ހިދުމަތް ދެމުން ދިޔަ ޑްރައިވަރެއް ބޭއަދަބީކޮށް މުއާމަލާތްކޮށް ފަސިންޖަރު ބޭނުންވި ތަނަށް ނުގެންދިޔަ މައްސަލައިގައި އެ ކުންފުނިން ފިޔަވަޅު އަޅައި އެ މައްސަލަ ފުލަހަށް ހުށަހަޅައިފި އެވެ.
އަވަސް އެޕުން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެއިން މާލެއަށް ކުރި ދަތުރުގައި އަވަސް އެޕްްގެ ޑްރައިވަރު، މުހައްމަދު ވާފިރު ބޭއަދަބީކޮށް މުއާމަލާތްކޮށް ފަސިންޖަރު ބޭނުންވި ތަނަށް ނުގެންދިޔަ މައްސަލަ އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އަދި އެ މައްސަލަ ތަހުގީގުކޮށް އެ ޑްރައިވަރަށް ދީފައިވާ ހުރިހާ ހިދުމަތެއް [އަވަސް ރައިޑް އެޕް، އަވަސް އެޕް، ޓެކްސީ ސެންޓަރު] މިހާރު ދާއިމީކޮށް ކަނޑާލައިފައިވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. އަދި އެ މައްސަލައިގައި ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީއަށް ވެސް ހުށަހަޅާފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.
އަދި މީގެ އިތުރުން މި ހިދުމަތަށް އޮތް އިތުބާރު ދެމެހެއްޓުމަށްޓަކައި މިފަދަ އަމަލުތަކަށް އެކަށީގެންވާ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް އިލްތިމާސް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު