އެސްޓީއޯއިން އަގުހެޔޮކޮށް ކާށި ވިއްކަނީ

2 މަސް ކުރިން
|
0

ރަމަޟާންމަސް ފެށުމުގެކުރިން ވެސް އެއް ސްޓޮކް ކާށި ގެނެސް އަގުހެޔޮކޮށް ވިއްކާފައިވާ އެސްޓީއޯއިން މި ފަހަރު މި ވަނީ ކާށީގެ ދެ ވަނަ ސްޓޮކެއް ގެނެސްފައެވެ. 

މި ރަމަޟާންމަހަށް ޚާއްޞަކޮށްގެން އެސްޓީއޯ އިން ވަނީ އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ފަށާފައެވެ.. ބާޒާރުގެ އަގުތަކަށް އަަންނަ ބަދަލުތައް ބަލައިގެން، ބާޒާރުގައި އަގު އުފުލޭ  ތަކެތި، އިގު ހެޔޮކޮށް ރައްޔިތުންނަށް ފޯރުކޮށްދޭން އެ ކުންފުނިން ވަނީ ރާވައިފައެވެ. 

ބާޒާރުގައި އަގު އުފުލިފައިހުރި ކާށި 7 ރުފިޔާއާ 9 ރުފިޔާއާ ދެމެދުގެ އަގެއްގައި ގަންނަން ލިބޭނެކަމަށް އެސްޓީއޯ އިން ބުނެއެވެ.