ރޯދަމަހު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރު - ސްޓެލްކޯ

2 މަސް ކުރިން
|
0

ރޯދަ މަހުގެ ދެވަނަ ދުވަހު މާލެއާއި، ހުޅުމާލޭގައި ކަރަންޓު ބޭނުން ކުރި މިންވަރު އިތުރު ވެފައި ވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

އެކުންފުނީގެ ރަސްމީ އެކްސް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި އޮތީ "ރޯދަ މަހުގެ ދެވަނަ ދުވަހު މާލެއާއި، ހުޅުމާލޭގައި ކަރަންޓު ބޭނުން ކުރި މިންވަރު ވަނީ ފުރަތަމަ ދުވަހާ އަޅާ ބަލާއިރު އިތުރުވެފައި. އެގޮތުން އާދިއްތަ ދުވަހު އެންމެ ޕީކްގަޑީގައި 80 މެގަވޮޓް ވަނީ ބޭނުންކޮށްފައި"

ރަމަޟާންމަހަކީ އެނޫން މަސްމަހަށްވުރެ ބޮޑަށް ގޭގޭގެ ހަރަކާތްތައް އިތުރުވާ މަހަކަށް ވެފައި ކަރަންޓުގެ ވަޞީލަތްތައް ވެސް ބޭނުންކުރެވޭ މިންވަރު އިތުރު ވުމަކީ ވެދާނެ ކަމެކެވެ.