ޔުކްރެއިނާ ރަޝިޔާއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތައް އެމެރިކާއާ އެކު ރަނގަޅު ގޮތުގައި ކުރިޔައް ގެންދަން ދެން ޔުކްރައިނަށް އެއްވެސް އެހީއެއް ނުދީ ހިފެހެއްޓޫމަށް އެމެރިކާގެ ރައީސް އަންގައިފިއެވެ.
ޔުކްރައިންގެ ރައީސް ޒެލެންސްކީ އެމެރިކާއަށް ގެންގޮސް، ހަނގުރާމަ ހުއްޓައިލުމުގެ ވާހަކަ ވައިޓްހައުސްގައި ޓްރަމްޕް އޭނާއާ އެކު ދެއްކިތާ މާގިނަ ދުވަހެއް ނުވެ އެމެރިކާގެ ހުރިހާ އެހީއެއް ޔުކްރެއިނަށް ފޮނުވުން މިވަނީ ހުއްޓައިލާފައެވެ. މީގެތެރޭގައި ހަނގުރާމައިގެ ހަތިޔާރު ވިއްކުން ވެސް ހުއްޓުވައިފައި ވާކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ގަޑިއަކަށް ވުރެ ދިގުކޮށް ކުރިޔައްދިޔަ އެ ބައްދަލުވުން އޮތީ ނޫސްވެރިންނަށް ވެސް ހުޅުވައިލާފައެވެ. އެ ބައްދަލުވުމުގައި ދެ ޤައުމުގެ ފަރާތުން ދައްކަމުން ދިޔަ ވާހަކަތަކަށް ނިންމައިލީ އެއްވެސް ޤައުމަކަށް އަނެއްފަރާތުގެ ހުށައެޅުމަށް އެއްބަސް ނުވެވިއެވެ.
އެމެރިކާގެ ވެރިކަމަށް ޓްރަމްޕް އައުމާ އެކު ރަޝިޔާގެ ހަނގުރާމަ ހުއްޓައިލުމަށް މަސައްކަތްފެށިއެވެ. އަދި އެނޫން ވެސް ޤައުމުތަކާ އޮންނަ ގުޅުންތަކަށް އެތައް ބަދަލެއް ޓްތަމްޕް ދަނީ ގެންނަމުންނެވެ. އެ ގޮތުން ޗައިނާއާ އެކު އޮންނަ ޓެރިފް 10%ން 2-%އަށް އިތުރުކޮށް ދެ ގުނަވެސް ކޮށްފިއެވެ.