ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ކުރިއަށް އޮތް ތިން ދުވަހު ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވިއްސާރަވެދާނެ ކަމަށް ލަފާކޮށްފިއެވެ.
މެޓްގެ އިން ލަފާކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ތިން ދުވަހު ޚާއްޞަކޮށް ދެކުނާއި މެދު ރާއްޖެތެރެއަށް ވިއްސާރާނެ އެެވެ. އަދި އެ ސަރަޙައްދުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. އަދި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކޮންމެވެސް ވަރަކަށް ފޯރާނެ ކަމަށްވެސް ލަފާކުރެވެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ދެކުނާއި މެދު ރާއްޖެތެރެއަށް އުތުރާއި އިރުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިއްސާރައިގެ ވަގުތުތަކުގައި ވައިގެ ބާރުމިން 35 މޭލަށް އަރާފާނެ ކަމަށެވެ. އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ލަފާކުރެއެވެ.
ކަނޑުތައް އާންމު މިންވަރަށްވުރެ ކޮންމެވެސް ވަރަކަށް ގަދަވެ، ވިއްސާރައިގެ ވަގުތުތަކުގައި އިތުރަށް ގަދަވެދާނެ ކަމަށް އޮފިޝަލު ފާހަގަކުރެއްވިއެވެ.
އިތުރަށް މެޓް އިން ލަފާކޮށްފައިވަނީ މާރިޗު މަހުގެ 2 ވަނަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ ކަމަށެވެ. އަދި މި ދުވަސްވަރަކީ އާންމު ގޮތެއްގައި ހޫނު ގަދަވާ މޫސުމަކަށް ވުމާއެކު، ކުރިއަށް އޮތް ރަމަޟާން މަހުގައިވެސް ހޫނުގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އިން ވަނީ ލަފަަކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު