ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ރޭ ފުރޮޅާލައިފި އެވެ.
ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގީ ރޭ 10:30 ހާއިރު ފިތުރޯނުމަގުން ހުޅުމާލެ ދެވަނަ ފިޔަވައްސަށް ދިޔުމުގެ މަގުމަތީގައި ކޮންޓުރޯލު ނުވެގެން ކަމަށެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށާއި ކާރު ފިޔަވައި އެހެން އިތުރު ވެހިކަލަކަށް ވެސް ގެއްލުން ނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ނަމަވެސް މިކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު