އިސްރާއީލާއި ހަމާސުން ހަވަނަ ފަހަރަށް ހަނގުރާމައިގެ އަސީރުންނާއި ޤައިދީން ބަދަލުކޮށްފައިވާއިރު، އިސްރާއީލުން މިނިވަންކުރި ފަލަސްތީނުގެ ހަތަރު މީހެއްގެ ހާލު ނާޒުކުވެ ހޮސްޕިޓަލުގައި އެނދުމަތިކޮށްފިއެވެ.
މި ހަނގުރާމައިގައި އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ 369 މީހުންގެ ބަދަލުގައި ޣައްޒާގައި ބަންދުކޮށްފައި ތިބި ތިން މީހަކު ވަނީ ދޫކޮށްލައިފައެވެ.
ނިރުބަވެރިން ހިފާފައިވާ ހުޅަނގު އައްސޭރިއަށް ނިސްބަތްވާ، ފަލަސްތީނުގެ ހަތަރު މީހުންގެ ދޫކޮށްލިއިރު އެމީހުންގެ ހާލު ނާޒުކުވެ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. އަނެއްބަޔަކު ބުނާ ގޮތުން އެ މީހުން ދޫކޮށްލި ވަގުތާ ހަމައަށް އިސްރާއީލުގެ ސިފައިން އެ މީހުންނަށް އަނިޔާ ކޮށަފައި ވެއެވެ.
ޣައްޒާގެ ހަނގުރާމަ ހުއްޓައިލުމާއި އީރާނުގެ ނުފޫޒު ހުއްޓުވުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް މެދުއިރުމަތީގެ ހަ ދުވަހުގެ ދަތުރެއްގައި އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ތެލް-އަވީވަށް އިއްޔެ ވަނީ ގޮއްސައެވެ
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ