އިންޑިޔާގެ ރޭލު ސްޓޭޝަނެއްގައި ފިތި ބާރުވެ ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން 15 މީހުން މަރުވެއްޖެއެވެ.
އިންޑިއާގެ ވެރިރަށް، ނިއުދިއްލީގެ ރޭލު ސްޓޭޝަނެއްގައި ހިނގި މި ހާދިސާގައި މަރުވި 15 މީހުންގެ ތެރޭގައި ދިހަ އަންހެނަކާއި ތިން ކުޑަކުދިން ހިމެނޭ ކަމަށް އެގައުމުން ވަނީ ރިޕޯޓުކޮށްފައެވެ.
އެ ގިތުން މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ގާތްގަނޑަކަށް 8 ޖެހިއިރު ނިއުދިއްލީ ރޭލްވޭ ސްޓޭޝަންގައެވެ. ރިޕޯޓްތައް ލިބޭ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ހިންދޫންގެ ދީނީ އަޅުކަމަކަށް ދާންވެގެން ގިނަ ބަޔަކު ރޭލަށް އެރުމުގެ ތެރޭގައި ފިތި ބާރުވެގެންނެވެ.
މި މީހުން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ޕްރަޔާގްރާޖް ސިޓީއަށް ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
ދިއްލީގެ ޗީފް މިނިސްޓަރު އަތީޝީ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބުނެފައިވަނީ މި ހާދިސާގައި 15 މީހަކު މަރުވެފައިވާ ކަމަށެވެ. ނަމަވެސް ލޯކަލް ނިއުސް އައުޓްލެޓް އެންޑީޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި މަރުވި މީހުންގެ އަދަދަކީ 18 އެވެ.
އިންޑިއާގެ މިނިސްޓަރ އޮފް ރޭލްވޭސް އަޝްވިނީ ވައިޝްނާވް ވިދާޅުވީ ރޭލު ސްޓޭޝަނުގައި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭތީ ހަތަރު ރޭލެއް ހަމަޖެއްސި ނަމަވެސް ގޯސްވީ ކޮން ކަމެއްތޯ ބެލުމަށް ތަހުގީގު ކުރަން އަންގާފައިވާ ކަމަށެވެ.
އިންޑިއާގެ ދީނީ ބޮޑެތި އީދުތަކުގައި މީހުން ފިތި ބާރުވެގެން މިފަދަ ހާދިސާތައް ވަރަށް ގިނައިން ހިނގަ އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ