ފަލަސްތީނު ރައްޔިތުން އެހެން ތަނެއްގައި ވަޒަންވެރިކުރުވުމަށް ޓްރަމްޕް ހުށަހެޅުމާ ގުޅިގެން ލަންޑަނުގައި ބޮޑު މުޒާހަރާއެއް!

ގަދަކަމުން ހިފާފައިވާ ފަލަސްތީނުގެ ރައްޔިތުން އެހެން ތަނެއްގައި ވަޒަންވެރިކުރުވުމަށް ޓްރަމްޕް ހުށަހެޅުމާ ގުޅިގެން ލަންޑަނުގައި ބޮޑު މުޒާހަރާއެއް މިދިޔަ ހޮނިހިރު ދުވަހު ބާއްވައިފިއެވެ.

އަދި މީގެ އިތުރުން ބޭރުގެ އެހެން ގައުމުތަކުގައި ވެސް ހޮނިހިރު ދުވަހު ވަނީ މުޒާހަތާތައް ބާއްވައިފައެވެ.

ފަލަސްތީނު ސޮލިޑަރިޓީ ކެމްޕެއިން (ޕީއެސްސީ) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މި މުޒާހަރާގައި މުޒާހަރާގެ ބައިވެރިން ވަނީ ފަލަސްތީނުގެ ދިދަތައް އުފުލައި ”ހޭންޑްސް އޮފް ގާޒާ” އަދި “ޓްރަމްޕާ ދެކޮޅަށް ތެދުވުން” މި ފަދަ ޝިއާރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން އަޑުއުފުލައިފައެވެ. އަނެއް ބަޔަކު ހިފައިގެން ތިބި ބެނާތަކުގައި ލިޔެފައި އޮތީ “މިސްޓަރ ޓްރަމްޕް، ކެނެޑާއަކީ ތިޔަބޭފުޅުންގެ 51ވަނަ ސްޓޭޓެއް ނޫން. ޣައްޒާއަކީ ތިބާގެ 52ވަނަ ސްޓޭޓެއް ނޫނެވެ.” މުޒާހަރާގެ ބައިވެރިން ވަނީ ވެސްޓްމިންސްޓާގެ ވައިޓްހޯލްއިން ލަންޑަންގެ ހުޅަނގު ދެކުނުގައި އޮންނަ ނައިން އެލްމްސްގައި ހުންނަ އެމެރިކާގެ އެމްބަސީއާ ހަމައަށް ހިނގާފައެވެ.

މި މުޒާހަރާއަކީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ހަމާސްއާ އިސްރާއީލާ ދެމެދު ހިނގި ހަމަނުޖެހުންތައް ހޫނުވި ފަހުން ލަންޑަނުގައި ފަލަސްތީނަށް ތާއީދުކުރާ 24ވަނަ ބޮޑު މުޒާހަރާއެވެ.